Last Updated: 1 decade 4 year ago

ދުއާ އަކުން މަހާސިންތާ ނިންމާލައިފި

ބުލޮގު ޚުލާސާ
*** 23 ޑިސެމްބަރު އިއްތިހާދުގެ ބޮޑު މާހާސިންތާ އާޓިފިޝަލް ބީޗުގައި ހަވީރު 4:00 ޖަހާއިރު ފެށުމަށް ރޭ އިރާކޮޅުން ފެށިގެން ވަނީ އާޓިފިޝަލް ބީޗް ތައްޔާރުކޮށްފަ އެވެ. ގާނޫނު އަސާސީ ނެގެހެއްޓުމަށް ގޮވާލުމަށާއި ޑރ. ވަހީދުގެ ސަރުކާރަށް ތާއީދު އޮތްކަން ދައްކާލުމަށް ސިޔާސީ އަށް ޕާޓީ އާއި މަދަނީ އިއްތިހާދުން "މަހާސިންތާ" ގެ ނަމުގައި މިއަދު އެއްވެ މިރޭ ދަންވަރު 12:00 ޖަހަންދެން ކުރިޔަށް ގެންދަން ރާވާފައިވާއިރު ބޮޑު އެ މަހާސިންތާގައި ބައިވެރިވުމަށް ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުން ވެސް ވެސް ވަނީ ގިނަ ބަޔަކު މާލެ އައިސްފަ އެވެ. އެގޮތުން ރެޔާއި އިއްޔެ ރޭ ވެސް ގިނަ ބަޔަކު މާލެ އާއިރު މިއަދު ހެނދުނު ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކާއެކު ދޯނި ފަހަރު ވަނީ މާލޭގެ އުތުރު ފަރާތު ބަނދަރަށާއި ހުޅަނގު ދެކުނު ބަނދަރަށް އައިސްފަ އެވެ. ތޭވީސް ޑިސެމްބަރު އިއްތިހާދުގެ އެއްވުން ފަށަން ވަގުތު ކުޑަތަންވަމުންދާއިރު އެމްޑީޕީން ވެސް މިއަދު ވަނީ އެޕާޓީގެ އަންހެނުންގެ އިންސާފުގެ ދަތުރުގެ ނަމުގައި މާލޭގައި އެއްވުމުކާއެކު ހިނގާލުމެއް ބާއްވަން ނިންމާފަ އެވެ. ލޮނު ޒިޔާރާތްކޮޅުގައި ބާއްވާ އެއެއްވުމާއި ހިނގާލުމުގައި ބައިވެރިވުމަށް ވެސް އަތޮޅުތަކުގެ ބައެއް ރަށްރަށުން ވަނީ މީހުން މާލެއަށް އަރާފަ އެވެ. މިއަދު ދެފާރަތުގެ ހަރަކާތްތަކެއް މާލޭގައި ބާއްވާއިރު ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުން ބުނެފައި ވަނީ މިއަދު ބާއްވާ އެއްވުންތަކަކީ ސުލްހްވެރި އެއްވުންތަކެއް ކަމަށާއި އެއްވެސަ ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް ދެފާރާތުން ވެސް އެ ދެ މުއައްސަސާއަށް ޔަގީންކަން ދީފައިވާ ކަމަށެވެ.
00:57

ޝައިހު އިމްރާންގެ ދުއާއަކުން މަހާސިންތާ ނިންމާލައިފި
00:07

މަހާސިންތާގައި މިހާރު މަދަހައެއް އިއްވަނީ، މިހާރު އިއްވާ މަދަހައަކީ ކުރީގެ ރައީސް މައުމޫން ހައްދަވައި ދެއްވާފައި މަދަހައެއް
23:49 އާޓިފިޝަލް ބީޗުން

މަހާސިންތާގައި ދިޔާނާ ސައީދު މިވަގުތު ވާހަކަފުޅު ދައްކަވަނީ
23:47 ހޯރަފުށީ ސަލީމް، މަހާސިންތާގައި:

ހޯރަފުށީ ސަލީމް، މަހާސިންތާގައި: މިއަދާ ހަމައަށް މާލެ އަށް ކުރި ދަތުރުތައް ރާއްޖޭގެ ތާރީޙްގައި ފަވާލެވޭނެ، އަޅުގަނޑުމެންނާ އެކީގައި މުޅި އިއްތިހާދުވާ ހިނދަކު މި ސަފުތައް ފޫ އަޅުވާލާފައި ރާއްޖޭގެ ރިޔާސީ ދައުރަށް އިތުރަށް މީހެއް ނާންނާނެ.
23:39 ލޮނު ޒިޔާރަތްކޮޅުގައި އިބްރާހިމް އިސްމާއިލް (އިބުރާ):

ލޮނު ޒިޔާރަތްކޮޅުގައި އިބްރާހިމް އިސްމާއިލް (އިބުރާ): މަހާސިންތާގައި ދީނީ އިލްމުވެރިންގެ ގޮތުގައި ވާހަކަ ދައްކާ ބޭފުޅުންނަކީ ސާހިބު މީހާ ބުނީމާ ބުނި ގޮތަކަށް ގުރުއާނުގެ އާޔަތްތައް ބަދަލު ކުރާ ބައެއް. އެކައްޗެއް ވެސް އެނގޭ ބައެއް ނޫން. އެމީހުން މަސައްކަތް ކުރަނީ ނަސޯރާ ދީނުގައި ފާދިރީންގެ ގޮތްތައް ގެންނަން އުޅޭ ބައެއް. އެމީހުންގެ ފަހަތުގައި ނަމާދު ކުރަން ވިޔަސް ނަސޭހަތެއް އަޑު އަހަން ވިޔަސް އެގިތިދާ ވުމަކީ ދީން ހުއްދަ ކުރާނެ ކަމެއް ނޫން.
23:38 ލޮނު ޒިޔާރަތްކޮޅުގައި ކުރީގެ ރައީސް ނަޝީދު:

ލޮނު ޒިޔާރަތްކޮޅުގައި ކުރީގެ ރައީސް ނަޝީދު: ވެރިކަން ހަމަ މަގަށް ގެނައުމުގައި އަޅުގަނޑުމެން ފަހަށް ނުޖެހޭނެ ކަން އެންމެންނަށް ވެސް އެނގޭނެ. އަޅުގަނޑުމެން ބަލައިގަންނަންވީ އިސްލާމް ދީނުގެ އުސޫލުތައް. އަޅުގަނޑުމެންނަކީ ދީން ހަތިޔާރަކަށް ހަދައިގެން ފައިދާ ހޯދާ ބައެއް ނޫން. ދީނަކީ އަޅުގަނޑުމެން އެންމެން ލޯބިވާ ކަމެއް. އެގޮތުގައި އަޅުގަނޑުމެން އަބަދުވެސް ތިބޭނަން. މިއަދު ރާއްޖޭގައި އޮތް އެންމެ މިނިވަން މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް. ރާއްޖޭގެ ޝަރުއީ ނިޒާމު ވަނީ ގާނޫނު އަސާސީގައި ބަޔާންވެފައިވާ ގޮތަށް އެކުލަވާނުލެވި. ރައްޔިތުންގެ މަޖިލިސް ހުޅުވުމުގައި ގާނޫނު އަސާސީއާ ހިލާފު ރައީސަކު ވަޑައިގެން ހުޅުއްވައިފި ނަމަ އެއީ ގޯހެއް. އެކަމުން ރައްޔިތުންގެ މަޖިލިސް ސަލާމަތް ކުރަން ޖެހޭނެ. އެކަމަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނެ. ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތު ގެއްލިދާނެ ކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ގާނޫނު އަސާސީ ވެއްޔާ މޮޑެވިގެން ދާނެ ކަމެއް. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، 24 ގަޑިއިރުގެ އިހުތިޖާޖު ފެށިގެންދާނެ.
23:36 ލޮނުޒިޔާރަތްކޮޅުން:

މާދަމާ ވެސް އެމްޑީޕީން ސުލްހަވެރި ހިންގާލުމެއް އޮންނާނެ ކަމަށް އެމްޑީޕީގެ އެއްވުމުގައި އިއުލާން ކޮށްފި
23:36 ލޮނު ޒިޔާރަތްކޮޅުގައި ކުރީގެ ރައީސް ނަޝީދު:

ލޮނު ޒިޔާރަތްކޮޅުގައި ކުރީގެ ރައީސް ނަޝީދު: ޔަގީންކޮށް އަރުވަން އަޅުގަނޑުމެންނާ އެކު ތިއްބެވީ ތިބޭފުޅުން އެކަންޏެއް ނޫން. މުޅި ދުނިޔޭގައި ޑިމޮކްރަސީ އަށް ލޯބި ކުރާ އެންމެން ވެސް އޭގެ ތެރޭގައި ހިމެނޭ. ރާއްޖޭގެ ރައްޔިތުން ހެއްލެނީ ފައިސާ އަށް ނޫންކަން. ރައްޔިތުން ބޭނުންވަނީ ލޯތްބާ އެކީ އެ މީހުންގެ ކަންތައްތައް ބެލެހެއްޓޭނެ ގޮތެއް. ރައްޔިތުން ބޭނުމެއް ނުވޭ ވެރިން ދާހާ ތަނެއްގައި އެއްތަނުން އަނެއްތަން ބަންދުކޮށް މޮޓޯ ކޭޑްގައި ދާކަށް. ރާއްޖޭގެ ވެރިކަން ކުރެވެން އަންނާނީ ރައްޔިތުންގެ ރުހުމާ އެކީގައި. ރައްޔިތުންނަށް ބިރު ދައްކައިގެން، އަނިޔާކޮށްގެން ވެރިކަމެއް ނުކުރެވޭނެ.
މުއްތޮލިބު އާޓިފިޝަލް ބީޗުން

މަހާސިންތާގައި މަޖިލިސް މެންބަރު މުއްތޮލިބު ވެސް ވާހަކަ ދައްކަވަމުން އެބަގެންދަވާ. މަހާސިންތާގައި ވާހަކަ ދައްކަވަން ތިބި ހުރިހާ ބޭފުޅުން ވާހަކަ ދައްކަވާ ނިމެންދެން މަހާސިންތާ ކުރިޔަށްގެންދާނެ ކަމަށް ވަނީ ބުނެފައި.
މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ރާއްޖޭގައި ޑިސްކޯ ބާއްވާ ތަނެއް ހަދަން ނިންމާފައިވަނިކޮށް
23:28

މާހާސިންތާގައި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ވަހަކަފުޅު ދައްކަވަނީ.
23:05 އާޓިފިޝަލް ބީޗުން

23 ޑިސެމްބަރު އިއްތިހާދުގެ ބޮޑު މަހާސިންތާ 12:00 ޖަހާއިރު ނިންމަން ހަމަޖެހިފައި ވީ ނަމަވެސް ވާހަކަ ދައްކަން ތިބި ފަރާތްތައް ގިނަ ކަމުން އެންމެން ވާހަކަދައްކާ ނިމެންދެން މަހާސިންތާ ކުރިޔަށް ގެންދާނެ ކަމަށް އިއުލާންކޮށްފި.
22:40 އަދުނާން ހަލީމް (ކުރީގެ އެމްޑީޕީ މެންބަރު):

އަދުނާން ހަލީމް (ކުރީގެ އެމްޑީޕީ މެންބަރު): ބަދަލު އައުމާއކު އެނެމް އުނދަގޫވީ އިންތިހާބެއްގެ ވާހަކައިން. މިދައްކަނީ ކޮން ވާހަކައެއްތޯ އަޅުގަނޑު މިދަނީ ސާފުކުރަމުން ކޮމަންވެލްތު ކަހަލަ ބަޔަކު އައިސް ވާހަކަ ދެއްކީމާ އެއްޗެއް ވިސްނޭ. އެމީހުންނަށް ހީވަނީ ރާއްޖޭގެ އޮތީ ބަރުލަމާނީ ވެރި ކަމެއް ކަމަށް. އެމްޑީޕީއަކީ ބަރުލަމާނީއަކަށް ތާއީދު ކުރި ބައެއް. ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް. ރާއްޖޭގައި ގާނޫނު އަސާސީގައި އެންމެ ސާފުކޮށް އޮތް އެއްޗަކީ، ރައީސް އިސްތިއުފާ ދެއްވައިފިއްޔާ މަގާމާ ހަވާލުވާން ޖެހެނީ ނައިބު ރައީސް. މިހާ ސާފުކޮށް އޮތް ކަމެއްގައި އިންތިހާބެއް ބާއްވަން ނުޖެހޭ ކަން އަޅުގަނޑު ދަންނަވާލަން ބޭނުންވީ. އެމްޑީޕީގެ ވަރިކަން ބަދަލުވެގެން ދިޔައ ގޮތާ ބެހޭ ގޮތުން ދަންނަވާނީ ނަޝީދުގެ އަތުން ވެރިކަން ގެއްލުނީ އިސްލާމްދީނާ ދެކޮޅަށް ކުރިކަންކަން ވަރަށް ފާޅުކަން ބޮޑު ކަމަށް. ރެއްސި އެޅީ ރެއްސި އެޅީމީ އެހެންމީހުންނަށް ނުދީ ބޮޑު ގުޅަ ޖަހައިގެން ކާލާނީ. އޭނާގެ ވެރިކަމުގައި ފެނުނީ ރެއްސި އެޅީ އެކެމުގެ ސަބުން ކަރުބޮޑުގައި ތާށިވީ. ވެރިކަމުގައި ހުރެގެން އެކަމެއް ނުވާނެ. އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރުމައި ރެއްސި އެޅުމުގެ ސަބަބުން ނަޝީދުގެ ވެރިކަން ވެއްޓުނީ.
22:29 އިމާދު ސޯލިހު، މަހާސިންތާގައި:

އިމާދު ސޯލިހު: މި މައިދާނުގައި އަޅުގަނޑުމެން ނަމާދު ކުރަމުންދާއިރު ޖެހިގެން އޮތް މާއިދާނުގައި ކުޅެނީ ޑީޖޭއާ ނާޗަރަންގީ. އަޅުގަނޑުމެން ﷲ އަކުބަރު ގޮވާއިރު އެމައިދާނުގައި ގޮވަނީ އަޑު އަހަން ނުކެރޭ ވާހަކަ. ރައީސަކު ދެން މުލިއާގެއަށް ވައްދަން ޖެހޭނީ ރައްޔިތުން ގޮސް ރަލާއި މަސްތުވާތަކެއްޗާ އުރުމަހާ އެއްޗެހި ނަގާ ސާފު ކުރުމަށްފަހު. މިގައުމަކީ ހަމައެކަނި ރީނދޫ ހުންޖެހިފައިވާ ގައުމެއް ނޫން. މިއީ ދިވެހި އަބްތޯލުންގެ ގައުމުން. ދިވެހިން ސިފައިންނާ ފުލުހުންގެ ގައުމުން. ފުލުހުންނާ ސިފައިންނަށް ސެލިއުްޓް ކުރަން. ތިޔަބޭފުޅުންގެ އަޒުމު ވަރުގަދަ ކުރައްވާ. ތިޔަބޭފުޅުންނަށް ދޭންޖެޙޭ ގަދަރު ދޭނެ. ހިތާ ހަށިގަނޑުން ތިޔަބޭފުޅުންނަށް ޝކުރު ދަންނަވަން.... ސިޔާސީ ޕާޓީތަކުގެ ވެރިންނަށް އަޅުގަނޑު ދަންނަވާނީ ނީލަމުގައި ގަނެއް ވިއްކާ އެއްޗެހި ޕާޓީތަކަށް ނުގެންދަވައްޗޭ. އޭހެން ވެއްޖެއްޔާ އެމްޑީޕީއަކާ ތަފާތެއް ނެތޭ. މިވަގުތަކީ ޕާޓީ ބޮޑު ކުރަންވީ ވަގުތެއް ނޫން.
22:22 އިމާދު ސޯލިހު، މަހާސިންތާގައި:

އިމާދު ސޯލިހު: ކެނެރީގެ ނަޝީދު ރޭގައި އައްޑޫގައި ދެއްކު ވާހަކަ އާ ބެހޭ ގޮތުން ދަންނަވާނީ ހީފުޅު ނުކުރައްވައްޗޭ އައްޑޫ ރައްޔިތުންނަކީ ކުޅޭކުޅޭ ބައެކޭ. ރައީސް ވަހީދު ހުއްދަ ދެއްވައިފިނަމަ އެންމެ ސިފައިންގެ މީހަކާ ނުލާވެސް ރައީސް ވަހިދު އައްޑޫގައި ގެންގުޅޭނަން. ރައީސް ނަޝީދަށް އައްޑޫ ތާއީދު ކުރަންޖެހޭ އިތުރު ސަބަބެއް ނޯންނާނެ. އޭނާއަކީ ރާއްޖޭގެ ދުވަހަކު ވެސް ބަޔަކު ދީފައި ނުވާފަދަ ގެއްލުން ދީން މީހެއް. އޭނާ ވަގުތުން ހައްޔަރުކުރޭ!
22:13 އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް، މަހާސިންތާގައި:

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު، މަހާސިންތާގައި: އާދެ އަޅުގަނޑު އުންމީދު ކުރަން ރައީސް ނަޝީދު މިވާހަކަ އައްޑު އައްސަވަން އިންނާނެ ކަމަށް. އަޅުގަނޑުމެނަކީ މީހުން މަރާމީހުން ކަމަށް ބުނަމުން ދިއުމުން އަޅުގަނޑު ސިޓީއެއް ލިޔުނީ. ހަމައެގޮތަށް ނިމުނީ ވެސް ފަތިހަށް ނިމުނީ ވެސް. ރާއްޖޭގެ ތަހުތަކީ ވަލިއްޔުލް އަމުރަކީ ވަރަށް މަތިވެރި މަގާމެއް. ރާއްޖޭގެ ސިޔާދަތާ ޝަރަފު ދެމެހެއްޓުމަށް އެކިފަހަރު މަސައްކަތް ކުރިން. އެއިން އެއްވެސް ކަމަކަކުން ފައިދާއެއް ނުކުރި. އެހެންވެ ސަރުކާރުން ނުކުތީ. ނަތީޖާއަކަށްވީ އަޅުގަނޑުމެން މިތިބި މަންޒިލަށް ވާސިލުވީ ކާކުތޯ މި އެކުވެރިކަން ފެންނާނެ ކަމަށް އުންމީދު ކުރީ. އެކަމަކު ﷲ އަޅުގަނޑުމެންގެ ހިތްތަކަށް އެކުވެރިކަން ވެއްދެވީ. އަޅުގަނޑުމެން ފުލުހުންނާ ސިފައިންނަށް ސެލިއިޓް ކުރަން އަޅުގަނޑުމެންގެ މޭ ފޫ އަޅުވާފައި ނުނޫނީ އެބޭފުޅުނަނާ ހަމައަކަށް ނުދެވޭނެ. އެއީ އަޅުގަނޑުމެންގެ ޝަފަރު. އަޅުގަނޑު ގޮވާލަނީ އެކަކު އަނެކަކަށް މާފުކޮށް އުހުއްވަތްތެރިކަމުގެ ކިއްލާއަށް ވަނުމަށް. އެމްޑީޕީގެ އާންމު މެންބަރުން ވެސް އަޅުގަނޑުމެންގެ ސަފުތަކަށް ވަނުމަށް. ރާއްޖޭގައި ބޭރުގެ އެޖެންޑާއަކަށް ފުރުސަތެއް ނުދޭނެ. އިނ ގިރޭސިންނާއި ޕޯޗުގިޒުންގެ ދިދަ މިތަނުން ބޭލީ ދިވެހިން. ތިނޯހެއްގެ ފަގައަކުން ޖަމަލެއް ވަދެއްޖައުމަށް ދާންދެން ބޭރުގެ ބަޔަލަށް ރާއްޖޭގެ ތަހުތަކަށް ނޭރޭނެ. އަޅުގަނޑުމެން މިއަދު ފެށިގެން އަދާވަތްތެރިކަން ހަނދާން ނައްތާލަންވީ. މާތﷲ އަޅުގަނޑުމެނަށް ވާގި ދެއްވާ އަޅުގަނޑުމެންގެ ދުއާ އައްސަވާ ވޮޑިގެންވާނެ!
22:05 އާޓިފިޝަލް ބީޗުން

މ. މަހާސިންތާއަށް މާލެއައި ބައެއް ރަށްރަށުގެ މީހުން ރަށަށަށް ފުރާ ގަޑިތައް އިއުލާން ކޮށްފި.
21:53 ލޮނުޒިޔާރަތްކޮޅުން

އެމްޑީޕީގެ އެއްވުމުގައި ގިނަ މީހުން ތިބީ ކުނާމަތީގައި ޖައްސާލައިގެން. އެއްވުމުގައި ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުން. ލޮނުޒިޔާރާތްކޮޅުގައި ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެބަތިބި.
21:50 އާޓިފިޝަލް ބީޗުން

މަހާސިންތާގެ ބައިވެރިންނަށް މަހާސިންތާގައި ރޭގަނޑުގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިފި. މިހާރު ވާހަކަފުޅު ދައްކަވަނީ ޕީޕީއެމްގެ އަލީ އާރިފު
21:44 އާޓިފިޝަލް ބީޗުން

މާދަމާ ބެންކޮކޮގައި 500 އަށް ވުރެ ގިނަ މީހުން ބެންކޮކްގައި ރައީސް ވަހީދަށް ތާއީދުކޮށް ހިނގާލުމެއް ބާއްވާ ކަމަށް މަހާސިންތާގައި އިއުލާންކޮށްފި. އަދި ޕަތޫނާމް ޕެލަސްގައި ވެސް ރައީސް ވަހީދަށް ތާއީދުކޮށް އަޑު އުފިލި ކަމަށް ބުނޭ
ޑރ. ޖަމީލް ހޯމް މިނިސްޓަރު ޑރ. ޖަމީލް، މަހާސިންތާގައި:

މިދިޔަ ސަރުކާރު ނިމުނު ގޮތާ ބެހޭ ގޮތުން ލައްކަ ވަހަކަ ދެކެވިއްޖެ. އެކަމަކު އަޅުގަނޑު ދެކެނީ ﷲ ދެއްކެވި ތަނަވަސް ފުރުސަތެއްގެ ގޮތުގައި. ތިން ކަމެއް ކަށަވަރުކޮށްދީފައި ގައުމުގެ ފެންކުންޏެއް ނެތް. ދިރާގެއް ނެތް ދީނެއް ނެތް. ގައުމުގެ ހޯމް މިނިސްޓަރު ޑރ. ޖަމީލް: އެއާޕޯޓެއް ނެތް، ގައުމުގައި ރައްޔިތުންނެއް ވެސް ނެތް. ރައީސް ނަޝީދު ވާހަކަ ދައްކައިފިއްޔާ ރައްޔިތުން ތިބެނީ ދެން ދިމާވާނީ ކޮންކަހަލަ އަފާތެއްކަން ނޭނގި. ތިން ވަނަ ކަމަކީ، ދިވެހި ރައްޔިތުން ބަހުސްކޮށް ވާހަކަ ދައްކާ ނިމިފައި ހުރި ކަންތައްތައް އަލުން ބަހުސަކަށް ނުދެވޭނެ. އަލުން ބަހުސްކޮށް، ހުކުމް ކަނޑައަޅާފައި ހުރި ކަންތައްތައް މިދިޔަ ސަރުކާރުން އަލުން ހުޅުވާލި. އޭގެތެރޭގައި ދީން ހިމެނޭ. އަޅުގަނޑުމެން ބޭނުންތޯ ދިވެހި ދިދައިގެ ކުލަ ބަދަލުކުރަން. އަޅުގަނޑުމެން ނުޖެހޭ ގައުމުގައި ސިފައިންނާއި ފުލުހުން ތިބެން ޖެހޭތޯ ބަހުސް ކުރާކަށް. ހަމައެގޮތަކަށް އިސްލަމް ދީން މި ގައުމުގައި އޮންނަން ޖެހޭތޯ ބަހުސް ކުރާކަށް ނުޖެހޭ. މިސަރުކާެރުން ހަގީގީ މާނައިގައި އަމަލު ކުރާނެ. މިސާރުގައި އެމްޑީޕީއެއް ޕީޕީއެމެއް ޑީއާރްޕީއެއް ނޯންނެ. އޮންނާނީ ރައްޔިތުންގެ. އަދި އެއްވެސް މީހަކު ކޮށްފައިވާ ކުށަކަށް މާފެއް ނުކުރާނަން. ހައްގު އަދަބުދޭނަން.
މިސާރުގައި އެމްޑީޕީއެއް ޕީޕީއެމެއް ޑީއާރްޕީއެއް ނޯންނެ. އޮންނާނީ ރައްޔިތުންގެ. އަދި އެއްވެސް މީހަކު ކޮށްފައިވާ ކުށަކަށް މާފެއް ނުކުރާނަން. ހައްގު އަދަބުދޭނަން.
21:30 ލޮނުޒިޔާރަތްކޮޅުން

އެމްޑީޕީ މުޒާހަރާގައި ޕާލަމެންޓްގެ މެންބަރުން ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އިންތިހާބު އަވަސް ކުރުމަށް. އަދި ރައީސް ވަހީދުގެ ސަރުކާރަށް ފާޑުވިދާޅުވަމުންދޭ!
21:30 ހޯމް މިނިސްޓަރު ޑރ. ޖަމީލް، މަހާސިންތާގައި

ޑރ. ޖަމީލް: ފިތުނަ ފަސާދަ އުފައްދަން ޖާގައެއް ނުދޭނަން. މީހުންގެ މުދަލަށް ގެއްލުންދީ ހުޅުޖަހަނީ ގައުމުގެ ހާއިނުން. ރައްޔިތުން ކޮންމެ ދުވަހަކު ބުރަ މަސައްކަތުން ހޯދާ މުދަލާ ގެދޮރުގެ ސަލާމާތް ފޯރުކޯށްދެނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތަތުން. އެބަޔަކީ ވެހެމުންދާ ވާރެއާ އަވީގައި ފުރާނަ އަތަށަލައިގެން ތިބި ފުލުހުންނާ ސިފައިން . އެމީހުންނަށ މަލާމާތާއި ފުރައްސާރަ ކުރާނީ ހާއިނުން. އަޅުގަނޑު އެދެނީ ރިޝްވަތުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް. އެހެން ނަމަވެސް މަޖިލީހުގެ ތެރެއަށާއި އިދިކޮޅު ފަރާތްތަކުގެ ތެރެއަށް ނުފުޒާ ރިޝްވަތު މިދިއަ ސަރުކާރުން ފޮރުވުމީ ހަގީގަތެއް. ހުޅުމާލެއިން ގޯތިތައް ހޯދި ގޮތް އެއީ ސުވާލު ކުރަންޖެހޭ ކަމެއް. ކަރަޕްޝަނާ ފަސާދަ އާންމު ކުރަނީ ގައުމުގެ ހާއިނުން.
21:26 ޑރ. މައުރޫފު، މަހާސިންތާގައި:

ޑރ. މައުރޫފު: ކީއްވެގެންތޯ އެހާ ފަސޭހައިން ނަޝީދުގެ ސަރުކާރު ވެއްޓުނީ. ރަލުގެ އެންމެ ބޮޑު ސައިޑް އިފެކްޓްކީ ކޮބައިތޯ. ވަރަށް ފަސޭހައިން ވެއްޓޭނެ. ސަރުކާރު ވެއްޓުމުގެ އެންމެ ބޮޑު އަސްލަކީ އިސްލާމް ދީނަށް ގޮންޖަހާ ބުދުތައް ނުނަގާނެ ކަމަށް ބުނެ، ބޮޑާ ބަސް ބުނުން. މިދިއަ ސަރުކާރަކީ ބުދާ ހެދި ވެއްޓުނު ސަރުކާރެއް. އަޅުގަނޑުމެން އެންމެ ކުރި މަސައްކަތާއި ދުއާގައި ބަރަކާތް ލެއްވީ. ނަމަ ނަމަ އެމީހުން ކައިރި ވިޔަ ނުދޭތީ، އެމީހުންނަކީ ބޭރުގެ އެޖެންޓުން. އެމީހުން ވަފާތެރިވަނީ މިލިޔަނުން ޑޮލަރުދޭ ކްރިސްޓިއަން މިޝަނަރީ. އެމީހުންގެ މަގާމަކީ މަގުމަތި. އެކަމަކު ބޭރު މީހުން އމީހުންނާ ހެދި އެވަރުން އުޅެނީ މިޝަނަރީއެއްވީމަ ބޭރު މީހުންނަކީ އެމީހުންގެ އެޖެންޓުން... ވެއްޓުނު ރައީސް ނަޝީދަށް އެފެންނަނީ ޑރ. ވަހީދަށް ވެސް،.. ނަމަނަމަ ދީނާ ނުކުޅޭށޭ. އެހެން ވެއްޖެއްޔާ ރައީސް ނަޝީދަށް ދެއްކި ބޮޑު މަންޒަރު ދައްކާނީ. ދެންމެ މިތާނގައި އަލްހާނުގެ ބައްޕަ ދަރިފުޅާ ދެކޮޅަށް އެވާހަކަ ދެއްކެވީ ކިހާ އަސަރެއް ކުރީމަތޯ. އެމީހުން ތިބެންޖެހޭނީ މަގާމުގައި އެއީ މަގުމަތި ނުވަތަ ޖަލު!
21:17

ލޮނު ޒިޔާރާތްކޮޅަށް އެއްވެފައިވާ އެމްޑީޕީގެ އެއްވުމުގައި ވެސް ބޭބޭފުޅުން ވާހަކަ ދައްކަވަމުން.
21:07 އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ބައްޕަ ފޯނުން

މަހާސިންތާގައި އަލްހާންގެ ބައްޕަ ފަހުމީ، (ފޯނުން): މިއަދު މިފެންނަނީ އިލާހީ އަދުލުގެ އަލުން މަންޒަރެއް. ކެނެރީގެ ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ހިތްޕުޅަށް އައި އާދަޔާ ހިލާފު ސުނާމީއެއްގެ ސަބަބުން... ހުރިހާ ނުބައި ކަމެއްގެ އަސަލަކީ ދޮގު އެމަނިކުފާނަކީ ކޮންމެވެސް ކަހަލަ އުނިކަމެއް ސިކުނޑީގައި ހުރި މީހެއްކަން. އެމަނިކުފާނު އިސްތިއުފާ ދެއްވީ ހުރިހާ ބާރެއް އޮއްވާ. އެމަނިކުފާނަށް އެންމެ ސަޕޯޓް ކުރާ ކޮމަންވެލްތުވެސް ގަބޫލު ކުރާނެ އެމަނިކުފާނަކީ ގާބިލު ބޭފުޅެއް ނޫންކަން. އެމަނިކުފާނު ގާނޫނު އަސާސީ ގަބޫލެއް ނުކުރައްވާ ހުރިހާ ކަމެއް ކުރައްވަނީ އެމަނިކފާނު އެފަދަ ވެރިކަމެއް ދުވަހަކު ވެސް ދިވެހިން ނޭދޭނެ. އިރާދަ ކުރެއްވިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ރައްޔިތުން ބޭނުން ވާ ވެރިކަން ގެނެސްދެއްވާނެ ބޭފުޅެއް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެނަށް ކާމިޔާބު ވާނެ.
21:07 ސަންދާން އަހަންމައިދީ:

ސަންދާން އަހަންމައިދީ: މި ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ވަރިކަމަށް ގެންނަން ބޭނުން ވަނީ ހުޅުޖަހާމީހާތޯ؟ އޭނާ މިގައުމަކަށް ބޭނުމެއް ނޫން. ކިހިނެއްތޯ މިވީ އަނިޔާވެރިއެއްގެ ކިބައިން ސަލާމަތްވޫ. ހަތްވަނަ ދުވަހު އަޅުގަނޑުމެންގެ ކުރިމަތިން ކުރަހާލީ ކިހާ ރީރި މަނާޒިރެއްތޯ؟ އެހެންވެގެން އަޅުގަނޑު ބުނަނީ އެއީ މޮޔަކުއްޖެއްކެކޭ، އެނާގެ މޮޔަކަށް ވިސްނާލަބަލަ އޭނާ ބުނަނީ ރޯކުރަމުންދާށޭ، އޭރުން ވެރިކަން ލިބޭނެ. އޭނާ އަޑީގައި ހުރެގެން ރޯކުރަމުން ދިޔައީ. އަޅުގަނޑު ހައިރާން ވަނީ ބައިނަލް އަގުވާމީ މުޖުތަމައުން އޭނާއަށްޓަކައި ގާނޫނު އަސާސީ ބަދަލުކޮށްގެން އަވަސް އިންތިހާބެއް ބާއްވަން އުޅޭތީ. އަޅުގަނޑުމެން ބުނާނީ ނޫނޭކޭ. އަޅުގަނޑުމެން ބުނާނީ ނޫނެކޭ!
20:41 މުހައްމަދު ތައުފީގު (ޓޯޕީ):

މުހައްމަދު ތައުފީގު (ޓޯޕީ): މިގައުމުގެ މާލިމީއެއް ނުކުރެވޭނެ މުރަނގުގަހުގެ މާލިމީއަކަށް. އެކަމން ކުރެވޭނީ ހިތްވަރާ ފެންވަރު ހުރި މާލިމީއަކަށް. ފާތުވި ތިން އަހަރުގައި ހުންގާނުގައި ހުރީ ފައްކާ މުރަނގަ ގަހު މާލިމީއެއް.
20:38 ރައީސް އޮފީހުގެ ސްޕޯކްސްމަން، އައްބާސް އާދިލް ރިޒާ:

ރައީސް އޮފީހުގެ ސްޕޯކްސްމަން، އައްބާސް އާދިލް ރިޒާ: އިނގިރޭސި ވިލާތުގައި ހުޅުޖެހުމަކީ ކުށެއް ކަމަށްވަންނާ ރާއްޖޭގައިވެސް ވަނީ ކުށަކަށް. އަޅުގަނޑުމެންނަކީ ކަނޑުތަކުގެ ބާޒު، މުޅި އިނޑިޔާކަނޑުގެ ވެރިން. އަޅުގަނޑުމެން ހުއްދަ ނުދިނިއްޔާ އަރަބި ކަނޑަކަށް ނުވަދެވޭނެ. އަޅުގަނޑުމެން އެންމެން އެކީ އެކައްޗަކަށް ބުނަންވީ އިންތިހާބެއް ބާއްވަން މަޖުބޫރު ކުރެވިދާނެތޯ؟ [އެންމެން ނޫނެކޭ ބުނުމުން] އަޅުގަނޑުގެ ހިތަށް ފިނިކަން ލިބިއްޖެ!
20:25 ގާސިމް އިބްރާހިމް

ގާސިމް އިބުރާހިމް: ރައީސް މަޖިލީހަށް ވަޑައިގަންނަވާނެ. ތަގުރީރުކުރައްވާނެ، ރައީސް ނަޝީދު ދައްކާ ވާހަކައަކުން ސިއްސައިގެން ނުދާނެ.
20:13 އާޓިފިޝަލް ބީޗުން

އަނެއްކާވެސް މަހާސިންތާގައި ގާސިމް އިބުރާހިމް ވާހަކަފުޅު ދައްކަވަން ފަށައިފި. އޭނާ ވިދާޅުވަނީ ކުރިން ނިންމާލަން ޖެހުނީ ވާހަކަ ނުނިމެނީސް ކަމަށް. ދެވަނަ ފުރުސަތުގައި ވެސް ގާސިމް ވިދާޅުވަނީ އެމްޑީޕީގެ ސަރުކާރު އޮތް އޮތް އިރު ގައުމު ދަރުވާލާފައިވާ ކަމަށް. އޭނާ ވިދާޅުވަނީ "އެމީހުން ގައުމު ކާލާފައިވާ" ކަމަށް.
19:59

23 ޑިސެމްރު އިއްތުިހާދުގެ ބައިވެރިން އާޓިފިޝަލް ބީޗު ސަރަހައްދުގައި އިޝާ ނަމާދުކޮށް ނިންމާލައިފި.
19:15
18:58

ދުލުން ބޭރުކުރާ ބަސްތަކާ ބެހޭ ގޮތުން ރައްކާތެރި ވުމަށް އިލްޔާސް ވިދާޅުވި. އޭނާ ވިދާޅުވީ އޭނާ އާ ބެހޭ ގޮތުން ދައްކަވާ ވާހަކަަތަކަށް ރައްދު ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވި. އަދި ވިދާޅުވީ 2008 ވަނަ އަހަރު ގައުމަށް ޓަކައި ކުރި މަސައްކަތް ފޭލިވީމާ މިއަދު އެެ މަސައްކަތާއިގެން އަލުން ނުކުންނެވި ކަމަށް. އިލްޔާސް ވިދާޅުވީ އިއްޒަތް ދެއްވަނީ ވެސް ﷲ ކަމަށާއި އިއްޒަތް ވަކި ކުރައްވަނީ ވެސް ﷲ ކަމަށް ވިދާޅުވި. އޭނާ ވިދާޅުވީ އޭނާ އަކީ މުއްސަނދި މީހެއް ނޫން ކަމަށާއި އޭނާ ކުރައްވާ ކަމަކީ އޭނާ އަށް އެނގި ހުރި އެއްޗެއް މީހުންނަށް ބުނެދިނުން ކަމަށް.
18:52

މިހާރު ދީނީ ދަރުސު ދެއްވަނީ ޝައިހު އިލިޔާސް. އޭނާ ވިދާޅުވީ ރަސޫލާ ހަދީސްކުރައްވާފައި ވަނީ ހަނދާންކޮށްދޭށޭ. ހިތުގެ އުދާސްތައް އެއްފަރާތްކޮށް ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވި.
18:48

މަޣުރިބު ނަމާދަށް ފަހު އިއްތިހާދުގެ ވާހަކަދެއްކުންތައް ފަށައިފި. މިހާރު ވާހަކަ ދައްކަވަނީ މަދަނީ އިއްތިހާދުގެ އަބްދުﷲ.
18:15 ރާޅުގަނޑުން

އެމްޑީޕީ އަންހެނުންގެ މުޒާހަރާ ނިންމާލައިފިކަން ދެންމެ އިއުލާންކޮށްފި. އާދައިގެ މަތިން މިރޭވެސް 8:30ގައި މުޒާހަރާ ފެށޭނަކަން އިއުލާންކުރި.
18:10 އާޓިފިޝަލް ބީޗުން

މަޣުރު ނަމާދުގެ ވަގުތު ކައިރިވާތީ މިވަގުތު ދުއާއެއް ކުރަން ތައްޔާރުވެފައި. އޭގެ ކުރިން ދުއާއެއް ކުރަނީ އިސްވެސް ދުއާ ވިދާޅުވަނީ ޝައިހު އިލްޔާސް. މަޣުރިބު ނަމާދަށް ފަހު މަހާސިންތާގެ ބައިވެރިނާ މުހާތަބުކޮށް ދީނީ ތަގުރީރެއް ވެސް ކުރައްވާނެ.
18:10 ޔާމީން މަހާސިންތާގައި:

ޔާމީން: ހަތް ވަނަ ދުވަހަކީ ހައްގުގެ މަގަށް ނަސްރު ލިބުނު ދުވަހެއް. އަޅުގަނޑުމެން މިތިބީ ޝަރުތަކާ ނުލައި ޑރ. ވަހިދަށް 100 އިން ސަތޭކަ ތާއީދު އަރުވައިގެން. ޑރ. ވަހީދު ދަމަހައްޓާނަން. ރާއްޖެއަކަށް ދެން ރަން ރީނދުލުގެ އިރެއް ނާރާނެ. ރާއްޖޭގައި އޮންނާނީ ފެއްސާ ރަތާ ހުދު!
18:08 ޔާމީން، މަހާސިންތާގައި

ޔާމީން: ފެބުރު އަރީ ހަތް ވަނަ ދުވަހު ނޭނގުނު ދޮގެއްވެސް ހަދާލަކަށް. އެހެންވީމާ މިއީ މާތްﷲ ރަހުމަތް ފުޅުން ލިބުނު ކަމެއް... ރާއްޖޭގައި ޓެރެރިސްޓުން ތިބި ކަމަށް ކުރީގެ ރައީސް ދިފގަ ކުރެއްވި، މުޅި ދުނިޔޭގައި ރާއްޖެ ކިލަނބުބުކޮށްލި. ނަޝީދުގެ ކުރެއްވި މަސައްކަތަކީ ހުދުމުތާރުވެރިކަމަކަށް ކުރި މަސައްކަތެއް. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި މުޖާހިދުން ތިބި. އެހެންވީމާ ގާސިމާ ހަސަން ސައިދާ އަދާލަތުން ނުކުތީ. މީގައި ދެކަމެއް އެބައޮތް. ބޭރުކޮށްލި ނަމަވެސް ކާމިޔާބު ހިއްސާ ކުރާ ބަޔަކީ އިއްތިހާދު ހަދައިގެން ތިބި މީހުން.
18:04 އަބްދުﷲ ޔާމީން، މަހާސިންތާގައި:

ޕީޕީއެމްގެ އަބްދުﷲ ޔާމީން: ބޭރު އިސްތިއުމަރަށް ވުރެ ޖައްބާރު ދިވެހި ދަރިއެއްގެ ފަހަތުގައި ތިބެޖެމުގެ ހިތްދަތިކަން ލިބިއްޖެ. އެކަމަކު ވޭތުވެދިޔަ ތިން އަހަރުގެ ޖައްބާރު ވެރިކަމުގައި ފެނުނީ އެންމެން ދަންނަ ބޮޑު ސިއްރަކީ އޭރުގެ ސަރުކާރުގެ ހުރިހާ ބޮޑުންނަކީ ރަލުން ތަތްތެޅި ފައި ތިބި ބައެއްކަން. ކާރުތެރެއިން ވެސްރާ. ތަހުތުގައި އިންމީހާގެ ގެއިން ވެސް ރާ. 30 އަހަރުގެ ވެރިކަމެއް ވެސް ފެނިއްޖެ. ރައީސް މައުމޫން ވެރިކަން ދޫކޮށްލައްވާފައި ދިޔައިރު ފޮށިތަކެއް ނުފޭނެ.
18:01 ރައީސް ވަހީދު، މަހާސިންތާގައި:

ރައީސް: އަތޮޅުތަކުން މަހާސިންތާއަށް އައި އެންމެނަށް ރައީސް ވަހީދު ޝުކުރު އަދާ ކުރައްވައިފި. އަދި މަހާސިންތާ ރެވި ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރެއްވެވި. ގައުމުދެކެ ލޯބިވާ ފަރާތްތަކުގެ ތިޔަ މަސައްކަތަތަށް އައްސެރިބަހާ ސާބަސް!
ޝަމީމް

ޝަމީމް: ނަޝީދު އެބަ ވިދާޅުވޭ އަދިވެސް ވެރިކަމަށް ވަޑައިގަނަވާނަމާ. އަޅުގަނޑު ދަންނަވަނީ ކުރިން ވެސް ވަޑައިގެންނެވުނީ އޮޅުމަކުންނޭ ދެން ނުވެސް ވަޑައިގެންނެވޭ އަދި ވަޑައިގަތަސް ވައްޓާލާނާމޭ!
ނަޝީދު އެބަ ވިދާޅުވޭ އަދިވެސް ވެރިކަމަށް ވަޑައިގަނަވާނަމާ. އަޅުގަނޑު ދަންނަވަނީ ކުރިން ވެސް ވަޑައިގެންނެވުނީ އޮޅުމަކުންނޭ ދެން ނުވެސް ވަޑައިގެންނެވޭ އަދި ވަޑައިގަތަސް ވައްޓާލާނާމޭ!
17:55

އިއްތުހާދުގެ ތެރެއިން ބައެއް މީހުން އަނބުރައިގެނެގެން ވެއްޓަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނޭ. އެފަދަ ފަރާތްތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން އެބަދޭ.
17:55 ރާޅުގަނޑުން

އެމްޑީޕީ އަންހެނުން މުޒާހަރާގައި ރައީސް ނަޝީދު ދާދި ދެންމެއަކު ވާހަކަ ދައްކަވައިފި. އަންހެނުންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވީ އަންހެނުން ނުކުމެ މި ބާޣީ ސަރުކާރު ބަދަލުކުރާނެ ކަމަށް. މިހާރު އަންނަނީ ލަވަޖަހާ ސަރުކާރާ ދެކޮޅަށް އެކި ޝުއޫރުފާޅުކުރަމުން.
17:51

މިވަގުތު ވާހަކަފުޅު ދައްކަވަނީ ޑރ. މުނައްވަރުގެ ޕާޓީ، އެމްއާރްއެމްގެ ޝަމީމް. އޭނާ ވާހަކަފުޅު ދައްކަވަނީ އިނގިރޭސި ބަހުން،
17:43

މިވަގުތު ރައީސް މައުމޫންގެ އޯޑިއޯ މެސެޖެއް އިއްވަމުން ދަނީ. "ރާއްޖެ ކަޑައްތުކުރަމުން މިދާ ނާޒުކު ދަނޑިވަޅު ރައީސް ކުރައްވާ ހުރިހާ މަސައްކަތްތަކުގައި ޕީޕީއެމް އެއްބާރުލުން ދޭނެ. އަދި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވާ އެހެން ޕާޓީތަކަށް މަރުހަބާ ކިޔަން. އޯލް ޕާޓީ ޓޯކްސްގައި އެމްޑީޕީ ބައިވެރިވާތީ އެކަމަށް މަރުހަބާ ކިޔަން"
17:42

އިއްތުހާދުގެ އެއްވުން އަލްޖަޒީރާއިން ކަވަރު ކުރާ ކަމަށް އިއުލާންކޮށްފި.
ރައީސް، ޑރ. ވަހީދު

ރައީސް: ދިވެހި ރާއްޖޭގައި ފިތުނަފަސާދައަކަށް ތަނެއް ނުދެވޭނެ. އަޅުގަނޑުމެން އެންމެ ފަހު ލޭކޮޅަށް ދާންދެން މިތިބީ މި ގައުމުގެ ސަލާމަތުގައި. އަޅުގަނޑުމެން ބިރެއް ނުގަނޭ ޝަހީދުވާކަށް. މިއަދު ހަގީގީ ބާޣީންނަކީ އެއީ. ދިވެހިރައްޖޭގެ ސިނާއަތް ހަލާކުކޮށް އިގްތިސާދު ފުނޑާލާ މީހުންނަކަށް މި ގައުމަކު ތަނެއް ނެތް. ހިތްވަރުކުރައްވާ! އަޅުގަނޑުމެން މިތިބީ ސާބިތު ކަމާއެކު ކެރިގެން. ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ ދެތިން މީހަކަށް އަޅުގަނޑުމެނެއް ނުގުޑާނެ! ތިޔަބޭފުޅުންނަކީ ދިވެހި ގައުމު ދެކެ ލޯބިވާ މުޖާހިދުން. މިއަދުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހުރިހާ ކަމެއް ކޮށްދެނެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ތައުލީމަކީ ކޮންމެ ސަރުކާރަކުން ވެސް ދޭނެ އެއްޗެއް. އެކަން އަޅުގަނޑުމެން ވެސް ކޮށްދޭނަން. ހިތްވަރުކޮށްލައްވާ. ތިޔަބޭފުޅުން މިތާނގައި ތިއްބަތީ މޭކަރާނެ މީހުން މޭކަރާނެ!
އަޅުގަނޑުމެން އެންމެ ފަހު ލޭކޮޅަށް ދާންދެން މިތިބީ މި ގައުމުގެ ސަލާމަތުގައި. އަޅުގަނޑުމެން ބިރެއް ނުގަނޭ ޝަހީދުވާކަށް. މިއަދު ހަގީގީ ބާޣީންނަކީ އެއީ. ދިވެހިރައްޖޭގެ ސިނާއަތް ހަލާކުކޮށް އިގްތިސާދު ފުނޑާލާ މީހުންނަކަށް މި ގައުމަކު ތަނެއް ނެތް
17:36 ރާޅުގަނޑު ސަރަހައްދުން

އެމްޑީޕީ އަންހެނުން މިވަގުތު ތިބީ ރާޅުގަނޑުގައި އިށީންދެލައިގެން. މާބޮޑު ކަމެއް އެ ސަރަހައްދުގައި ނުހިގާ.
17:34

ރައީސް ވަހީދު: ތިޔަބޭފުޅުން އެއްވެ ތިބީ މި ގައުމު ދެކެ ލޯބިވާތީ. މިގައުމުގެ ދެކެ ލޯބިވާ މީހަކު ފިތުނަ ފަސާދައަކަށް ތަނެއް ނެތް.
17:33

އަވަސް އިންތިހާބެއް ބާއްވަން ބޭނުން ނޫން ކަމަށް ބުނެ އިއްތިހާދުގެ މަހާސިންތާގެ އެންމެން އަތް ނަގައި ރައީސް ވަހީދަށް ދައްކާލައްވައިފި. މިހާރު ވާހަކަފުޅު ދައްކަވަނީ ރައީސް ވަހީދު
17:30

އިމްރާން: މިދިއަ އަހަރުތަކުގައި ދިމާވި ހިތްދަތި ކަމާއި ބައިބައިވުން ފިލުވާލުމަށް އަޅުގަނޑު ގޮވާލަން. ﷲގެ މި މަތިވެރިކަން އަޅގަނޑުމެނަށް ލިބުނީ މި އިއްތިހާތުގެ ސަބަބުން. ސިޔާސީ ލިޑަރުން ޖެހެނެ މި އިއްތިހާދު ބަލައިގަންނަން. މި ނަސްރު ނަގަހެއްޓޭނީ ސަރުކަރުން މިކަމަށް ރައްކާތެރިވެގެން. ވެރިކަމަކާ ދެކޮޅަށް ރައްުޔިތުން ތިން އަހަރު ނުވަނީސް ނުކުންނަނީ ޖެހެނީ އިސްލާމާދީނަށް އިހުމާލުވެގެން ރައްޔިތުންނަށް އިހުމާލުވުމަށް... މި ސަރުކާރުން ޖެހޭނޭ އެކަމަށް ވިސްނަން. ކަރަޕްޝާނާ ފަސާދަ ކުރި މީހުންނަށް އަދަބު ދޭންޖެހެނެ. އެހެންނޫނީ މި ސަރުކާރު ވެސް ދެމިއެއް ނޯންނާނެ (އިމާރާންގެ ވާހަކަފުޅު ނިންމަވާލައްވައިފި)
17:29

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިވަގުތު ހުންނެވީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު، މުޅި މަހާސިންތާ ވަނީ އެކީއެކަށް ފުރިގައި.
17:29 ރާޅުގަނޑު ސަރަހައްދުން

މަގުތަކުގައި ހިގާލުމަށް ފަހު އެމްޑީޕީގެ އަންހެނުންގެ މުޒާހަރާ އެމްޑީޕީން މުޒާހަރާ ކުރަމުން އަންނަ ސުނާމީ ބިނާ ސަރަހައްދައް ވަދެއްޖެ. އެތަނުގައި މުޒާހަރާ ކުރިއަށް ގެންދަން ވަނީ ނިންމާފައި.
17:25

ހުރިހާ އެންމެން އެއް އަޑަކުން ސޮރީ! ސޮރީ! ، އިނތިހާބު! އޭ ވެސް ގޮވަމުން ދިޔަ.
17:22

އިއްތިހާދުގެ މަހާސިންތާއަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވަޑައިގަންނަވައިފި. އެތަކެއްހާސް މީހުން އެއްފަހަރާ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންދަނީ، އެންމެން އެއްއަޑަކުން ރައީސް ވަހީދަށް މަރުހަބާ އާއި ޒިންދާބާދު ގޮވަމުން އެބަދޭ.
17:20 އިމްރާން އަބްދުﷲ، މަހާ ސިންތާގައި:

އިމްރާން އަބްދުﷲ: އަޅުގަނޑުމެނަށް ލިބުނު ނަސްރުގެ ފަހަތުގައި ވަނީ މާތް ﷲ. މިއަދުއަޅުގަނޑުމެން ޖެޙޭ މި މަހާސިންތާއަކަށް އައި މީހުންނަށް މަރުހަބާއާ ޝްކުުރު ދަންނަވަން. މިކަމަށް އެހީވި އެންމެނަށް ވެސް ޝުކުރު ދަންނަވަން. އިސްލާމް ދީން ބިންމަތީގައި ލެހެއްޓުމަށް ގާނޫނު އަސާސީ ނެގެއްޓުމަށް މަސައްކަތް ކުރި ފުލުހުންނާ ސިފައިންނަށް ޝުކު ދަންނަވަން. މިމަހުގެ ހަވަނު ދުވަހުގެ ރޭ ސަލާމާތީ ބާރުތަކުން އުފުލި ބުރައަކީ ވަރަށް ބުރަ މަސައްކަތަކެއް. އެއީ ބަޣާވާތެއް ނޫނޭ! ތިޔަބޭފުޅުންނަކީ ބާޣީންނެއް ނޫނޭ. ތިޔައީ ޣާޒީންނޭ. އަޅުގަނޑުމެން 22 ދުވަސް ވަންދެން ކުރި މަސައްކަތަކެއް ބާޣާވަތެއް ނޫނޭ. އަޅުގަމެން އިސްލާމްދީނަށާއި ގާނޫނަށް ކުރި މަސައްކަތުގެ ނަޖީއޭ މީ!
17:12

އެމްޑީޕީ އަންހެނުންގެ މުޒާހަރާ މިހާރު ކުރިއަށް ދަނީ ސޯސަން މަގުން. އެމީހުން މިސްރާބު ހުރީ ރާޅުގަނޑު ސަރަހައްދަށް. މުޅި މުޒާހަރާގައި ހަރަކާތްތެރިވަނީ އަންހެނުން. އަދި އިސްސަފުގައި އެމްޑީޕީގެ އަންހެން މަޖިލިސް މެންބަރު އެބަ ތިއްބެވި.
ގާސިމް އިބްރާހިމް ޑރ. ހަސަން ސައީދު، މަހާސިންތާގައި:

ޑރ. ހަސަން ސައީދު: މިއީ ރާއްޖޭގެ ރައްޔިތުންގެ ބޭނުންވާ ގޮތް، މިއުންމީދާއެކު ތިން އަހަރުކުރިން ގާނޫނު އަސާސީ ލިބި ގަތީ. އުންމީދު ކުރީ އޭރު އެކަން ރައީސް ގެނެސްދޭނެ ކަމަށް. އެކަމަކު ތިން އަހަރު ފަހުން ރާއްޖެ އޮތީ ބާބައިވެފައި. އަދުގެ ސަރުކާރުން ޑރ. ވަހީދު އެއްބައިވަންތަކަން ގެނެސްދޭނެ. އެކަމަށް ތުޔަބޭފުޅުންގެ ސަޕޯޓް ބޭނުންވާނެ. މި މަސް ނިމޭރު މުސާރަ ދޭނެ ފައިސާއެއް ނުހުންނާނެ މި މަސް ނިމޭއިރު 50 މިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏެއް ބޭރަށް ދައްކަން ޖެހޭ. ނުދެއްކިއްޖިއްޔާ އިފްލާސްވާނެ. މިއީ ހިތާމަހުރި ކަމެއް. އަޅުގަނޑުމެން މިނިވަން ދިދައެއްގެ ދަށުގައި ތިއްބަސް މި ވަނީ ބޭރުގެ ގައުމުތަކަށް އަޅުވެތިވެފައި. ޑރ. ވަހީދުގެ ސަރުކާރުން ދޭނެ ޔަގީންކަމެއް އެބައޮތް. ތިޔަ ބޭފުޅުންގެ ފޯނެއް އަޑެއް ނާހާނެ. ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދޭނެ.
އެ މީހުންނަކީ ޣައްދާރުން. ބަލަ ދިވެހި ރައްޔިތުން މިތިބީ މޮޔަވެފައެއް ނޫނޭ. އަޅުގަނޑުމެން މިތިބީ ޑރ. ވަހީދުގެ ސަރުކަރު ދިފާއުކުރަން ޖާނާއި މާލުން ތައްޔާރުވެގެންނޭ.
17:07

މަދަނީ އިއްތިހާދުގެ މަހާސިންތާގައި ބައިވެރިވެ ވަޑައިގެން ތަގުރީކޮށް ދިނުމަށް މަހާސިންތާގެ ބައިވެރިން، ރައީސް ޑރ. ވަހީދަށް ގޮވާލައިފި.
17:05 ގާސިމް އިބްރާހިމް، މަހާސިންތާގައި:

ގާސިމް އިބުރާހިމް: މިއީ މޮޔަވެފައި ތިބި ބަޔެކޭ މިއީ. އޮޑިޓް އޮފީހުގެ ރިޕޯޓްތަކުން ފެންނަށޭ އެހުރީ ކާލައިފައި ހުރި ވަރު. އަނެއްކޮޅުން މީނަ [ ނަޝީދު] ކޮށްފައި ހުރި ޖިނާއީ މައްސަލަތައް އެނގި ޖަލަށް ލާނެކަން އެނގޭތީއޭ މިހެން މިއުޅެނީ. މީނަ [ނަޝީދު] ހީކުރާ ކަހަލަ އަހަރެމެން މި ތިބީ ފިނޑިވެގެން ކަމަށް. މަތި ބަރުކަން ކުޑަ ސަރުކާރެކެ ކިޔައިފައި ކާކުތޯ މީހުންތައް އަޅާލީ. އަޅުގަނޑަށް ކަށަވަރު ލާރި ދީގެން މިހެން ނުވާނެކަން. ބަލަ ފުލުހުންނާއި ސިފައިންނަކީ ވެސް ތައުލީމީ މީހުންނޭ. އެ މީހުންނަށް އެބަ އިނގޭ ގާނޫނަކީ ކޯންޗެއްކަން. އެ މީހުންނަށް އެނގޭ މިނިވަން ކަމަކީ ކޯންޗެއްކަން. ދިވެހި ލޮބުވެތި ފުލުހުންނާއި ސިފައިންނާއި އައްސަރިބަސް!
17:03

ކުރީގެ އެޑިއުކޭޝަން މިނިސްޓާ ޝިފާ އާއި މާރިޔާ ކުރީގައި ތިއްބަވައިގެން މުޒާހަރާ ކުރިއަށް އަންނަނީ މަޖީދީ މަގުން ގަލޮޅު ދަޑާ ހިސާބުގައި. މިއީ ލާދީނީ އަދި ބާާާޣީ ސަރުކާރެއް ކަމަށް ގޮވާ އަންނަނީ އަޑުއުފުލަމުން. އަދި އަންހެނުން މި ސަރުކާރު ގަބޫލު ނުކުރާ ކަމަށްވެސް އެމީހުން އެބަ ގޮވާ.
16:55 ގާސިމް އިބުރާހިމް، މަހާސިންތާގައި:

ގާސިމް އިބްރާހިމްގެ ވާހަކުފުޅު: އަޅުގަނޑު ދަންނަވާނާލަން ބޭނުންވަނީ ސަރުކާރު ބަދަލު ވީ ބަޣާވާތަކުންނާ ބުނާ މީހުން ބަޣާވާތެއް ކުރީ،. އަޅުގަނޑުމެން ގޮވީ ގާޒީން ދޫކޮށްލުމަށް. އެކަމަކު ގޮތް ދޫނުކޮށް ހިފެހެއްޓީ ނަތީޖާއަކަށްވީ ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ރައްޔިތުން އެދުނީ. އެހެންވީމާ ބަޣާވާތް ކުރީ ކޮންބައެއްތޯ؟ އޭނަ އިސްތިއުފާ ދިނީ. އަވަހަށް އިންތިހާބެއް ބޭވުމަށް ގޮވާލާނީ ކީއްވެތޯ؟ ދައުލަތުގެ ބަޖެޓް ދަރުވާލައިފިއެ. ކަލައިފިޔޭ. މި މުހަންމަދު ނަޝީދޭ ކިޔާ މީހުންގެ ކައިރީގައި އުޅޭ ދޮޅަހަކަށް މީހުން ކާލައިފިޔޭ. ދިވެހިންނާއި ބޭރު މީހުންނަށް އޮޅުވާލަން ވެގެންނޭ މިހެން މި ކިޔަނީ. މީނއާ މީނާގެ ބައިވެރިން ތިބެނީ ޖަލުގައޭ. މީނަ ހީކުރާ ކަހަލަ އަހަރެމެން ތިބޭނީ ފިނޑިވެގެން ގޭގެއޭ!
16:54

އެމްޑީޕީގެ ހިނގާލުމުގައި ތަކުރާރުކޮށް ގޮވާލަމުންދަނީ އިންސާފު ގާއިމު ކުރުމަށާއި އަވަހަށް އިންތިހާބު ބާއްވައި ދިނުމަށާއި އެކަމަށް މަގު ފަހި ކުރުމަށް.
16:52

މުހައްމަދު ދީދީ، މަދަނީ އިއްތިހާދު: މިދިއަ ސަރުކާރުން އިސްލާމް ދީން ނައްތާލުމަށްޓަލައި ވަނީ ގިނަ މަސައްކަތްކޮށްފައި.
16:51

އެމްޑީޕީ އަންހެނުންގެ ބޮޑު މުޒާހަރާ ރޭވިފައި އޮތީ މަޖިީދީމަގުން ގޮސް ސޯސަންމަގުން ރާޅުގަނޑު ސަރަހައްދަށް ގޮސް މުޒާހަރާ އެތަނުގައި ކުރިއަށް ގެންދަންކަމަށް ހަބަރު ލިބޭ.
މުހައްމަދު ދީދީ މުހައްމަދު ދީދީ، މަދަނީ އިއްތިހާދު:

މުހައްމަދު ދީދީ، މަދަނީ އިއްތިހާދު: ރައީސް ނަޝީދު އައްޑު އަތޮޅުގައި ވިދާޅުވަނީ ރައީސް ވަހީދު އައްޑޫއަށް ވަޑައި ނުގުމަށް ވިދާޅުވާ ވިދާޅުވުމަށް އައްޑޫ ރައްޔިތުން އިންކާރުކުރޭ. އެކަމެއް ގަބޫލެއް ނުކުރަން. އަޅުގަނޑުމެން މިތިބީ ރައީސް ވަޑައިގަންނަވާނެ ވަގުތަކަށް ފެންބޮވައިގެންފައި. 200 މީހުން ގޮވައިގެން ގޮސް، 400 މީހުންނަށް ވަދެވޭ ތަނެއްގައި ޖަލްސާ ބޭއްވީ. ބޭރު މީހުންނަކަށް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަކަށް ނުވަދަވޭނެ. ބޭރު މިީހުންކަށް މިތަނަކަށް ނުވަދެވޭނެ. އަޅުގަނޑުމެން ނެތިން އެ ޖާގަ ދޭކަށް
އަޅުގަނޑަކީ ވެސް އައްޑޫގެ ދަރިއެއް. ރައީސް ނަޝީދަކަށް އެހެން ވިދާޅެއް ނުވެވޭނެ. އަޅުގަނޑު ދަންނަވާނީ ރައީސް ޑރ. ވަހީދު އައްޑު އަށް ވަޑައިނުގަންނަވައިގެން މިތިބީ ފެންބޮވައިގެންފައޭ.
16:47

މަދަނީ އިއްތިހާދުގެ ފަރާތުން ދެންމެ ވާހަކަ ދެއްކެވި އަބްދުﷲ މުހައްމަދު ވިދާޅުވީ އިންތިހާބެއް ބާއްވަން ބޭނުން ނުވާ ކަމަށް.
16:47 އަހުމަދު ތަސްމީން އަލީ:

އަހުމަދު ތަސްމީން: އަޅުގަނޑުމެން ކޮރަޕްޝަންގެ އިންޑެކްސްގައި މައްޗަށް ދިޔަތަން. އަޅުގަނޑުމެންނަށް ފެނުނީ ސިފައިންނާއި ފުލުހުންނަށް ޣައިރު ގަނޫނީ އަމުރުތައް ކުރާތަން. ވެރިކަން ބަދަލުވި އަސްލަކީ އެއީ. ސިޔަސީ ބޭނުމަށް ޓަކައި ވަރަށް ހުދުމުހުތާރު ގޮތަކަށް އެކަން ކުރުމުގެ ނަތީޖާ އެއީ. އެގޮތް ގަބޫލު ނުކުރާކަން މިތަނުން މި އެނގެނީ. ދިވެހި ރައްޔިތުންގެ ވެރިންނަކީ އިސްލާމް ދީން ނަގަހައްޓައި ފުރިހަމަ ކުރާ ބަޔަކަށް. އަޅުގަނޑުމެންނަކީ ހަމަހަމަ އަށް ކަންތައްތައް ކުރަން ވާނެ ބައެއް. އަޅުގަނޑުމެންނަކީ ޑިމޮކްރެޓިކް، ގާނޫނާ ގަވައިދާ އެއްގޮތަށް ކަންތައްތައް ކުރާ ބަޔަކަށް ވޭން ޖެހޭނެ ބައެއް.
16:45

އަދުލު އިންސާފު ގާއިމް ކުރުމަށާއި އިންތިހާބު އަވަސްކުރުމަށް އަޑުއުފުލަމުން އެމްޑީޕީ އަންހެނުން އަންނަނީ މަޖީދީ މަގުން އާޓިފިސަލް ބީޗާ ދިމާލަށް. ގިނަ އަދަދެއްގެ އަންހެނުން މުޒާހަރާގައި ތިބީ އިރު އެ މުޒާހަރާ މިހާރު ވަނީ ކުރީގެ އަރަބިއްޔާއާ ހިސާބުގައި.
16:38

އިއްތިހާދުގެ އެއްވުން ވެސް މިހާރު ވަނީ ފަށާފައި. މިވަގުތު ވާހަކަ ދައްކަވަނީ މަހުލޫފު.
މޯލްޑިވްސް ޕޮލިސް ސާވިސް މިއަދުގެ އެއްވުންތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާން:

މިއަދު މާލޭގައި ގިނަ ޢަދަދެއްގެ ބަޔަކު މާލޭގެ ދެ ސަރަޙައްދަކަށް އެއްވެ، ޚިޔާލުފާޅުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާއިރު ސުލްޙަވެރިކަމާއެކު އެކަންކަން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަން. މި އެއްވުންތައް ކުރިއަށް ދާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ހަރަކާތްތެރިވަމުން ދާނެ. އަދި މި އެއްވުންތައް ކުރިއަށްދާ ވަގުތު އަމަން އަމާންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް އަޅަމުންދާނެ. ވުމާއެކު، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މި ހަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ސުލްޙަވެރިކަމާއެކު ކުރިއަށް ގެންގޮސްދިނުމަށް މިކަންކަން އިންތިޒާމްކުރައްވާ ފަރާތްތަކާއި މި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދެން. އަދި އެއްވެސް ފަރާތަކުން މި ޙަރަކާތްތަކަށް އުނދަގޫވާގޮތަށްވެސް އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލްތިމާސް ކުރަން.
އެއްވުންތައް ކުރިއަށް ދާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ހަރަކާތްތެރިވަމުން ދާނެ. އަދި މި އެއްވުންތައް ކުރިއަށްދާ ވަގުތު އަމަން އަމާންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް އަޅަމުންދާނެ
އަހުމަދު އާޒިފު

އެމްޑީޕީގެ އަންހެނުންގެ ބޮޑު ހިނގާލުމުގައި އެންމެން އެއްއަޑަކުން ގޮވާލަމުން ދަނީ ހަމަޔާ އިންސާފު ގާއިމު ކުރުމަށް، މީހުން ވަރަށް ގިނަ.
އެންމެން އެކީގައި އެއް އަޑަކުން ގޮވާލަމުން ދަނީ ހަޔަމާ އިންސާފު ގާއިމު ކުރުމަށް. އަދި ރައީސް ވަހީދުގެ އިސްތިއުފާއަށް ވެސް ގޮވާލަމުންދޭ
16:22 އެމްޑީޕީގެ ހިނގާލުމުގެ ތެރެއިން

އެމްޑީޕީގެ އަންހެނުންގެ އިންސާފުގެ ދަތުރުގެ ހިނގާލުން މިހާރު ވަނީ މާފަންނު ސޯޝަލް ސެންޓަރު ކައިރިން ފަށާފައި، އެ ހިނގާލުމުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވޭ
16:19 އާޓިފިޝަލް ބީޗުން

މަދަނީ އިއްތިހާދުގެ އެއްވުމުގެ ތެރެއަށް އެއްވެސް ބިދޭސީއަކު ނުވަނުމަށް އިއުލާންކޮށްފި، އަދި މީހުން ގިނަވަމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ބޮޑު އިސްކްރީން ބަހެއްޓުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދޭ.
16:05 އާޓިފިޝަލް ބީޗުން

މަދަނީ އިއްތިހާދުގެ އެއްވުން ފެށެން ތައްޔާރުވެފައިވާއިރު މިހާރު ވެސް ވަނީ ވަރަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައި. ސިކިއުރިޓީ ބެލެހެއްޓުމަށް ސިފައިންނާއި ފުލުހުންގެ އެއްވެސް މީހަކު ހަރަކާތްތެރުވާތަނެއް ނުފޭނޭ. ނަމަވެސް 23 ޑިސެމްބަރު އިއްތިހާދުގެ އަމިއްލަ ސެކިއުރިޓީ ފޯހެއް ވަނީ ރުކުރުވާލާފައި.
15:45 އާޓިފިޝަލް ބީޗު ކައިރިން

ތޭވީސް ޑިސެމްބަރުގެ އިއްތިހާދުން މާލޭގައި މިއަދު ހަވީރު ބާއްވާ ބޮޑު މަހާސިންތާ އަށް އަތޮޅުތަކުން މިހާތަނަށް ގާތްގަނޑަކަށް 8000 އަށް ވުރެ ގިނަ މީހުން މާލެ އައިސްފައިވާއިރު 1500 މީހުން މާލެ އައުމަށް ނަންނޯޓްކޮށްފައިވާ ކަމަށް އިއްތިހާދުން ބުނޭ
15:38

މަދަނީ އިއްތިހާދާއި ސިޔާސީ އަށް ޕާޓީއެއްގެ އެއްވުމުގައި ބައިވެރުވުމަށް މިހާތަނަށް 38 އުޅަނދެއްގައި މީހުން ގެނެސްފައިވާ ކަމަށް ބުނޭ.
15:30

އިއްތިާދުގެ އެއްވުން، މަހާސިންތާގައި ބައިވެރިވުމަށް މިހާރު ރަށްރަށުން ދޯނިފަހަރު މާލޭ އުތުރު ފަރާތު ބަނދަރާ ކައިރި ކުރަމުން އެބަދެ އެވެ. އަދި އެމްޑީޕީގެ ހިނގާލުމުގައި ބައިވެރިވުމަށް ވެސް ރަށްރަށުން މިހުން ވަނީ މިއަދުވެސް އައިސްފައެވެ. އިއްތިހާދުގެ އެއްވުން 4:00 ޖަހާއިރު ފަށާއިރު އެމްޑީޕީގެ ހިންގާކުން 3:50ގައި ފެށޭނެ ކަމަށް ޕާޓީން ވަނީ ބުނެފަ އެވެ.