އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް

އުރީދޫއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް އަގުހެޔޮކޮށްފިއެވެ.

އުރީދުއިން މިބަދަލު ގެނައީ ސަރުކާރުގެ ނެޓުހެޔޮކުރުމުގެ މަޝްރޫއުގެ ދަށުންނެވެ. މި ބަދަލުގެ ދަށުން މުޅިން އާ ހަތަރު ޕްލޭނާއެކު ސަތޭކަ ޕަސެންޓާއި ހަމަޔަށް އިތުރު ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މުޅިން އަލަށް އުރީދޫއިން ރާއްޖެއަށް ތައާރަފްކުރާ ޑޭޓާ ރޯލްއޯވާގެ ހިދުމަތްވެސް ސުޕަނެޓް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ބަދަލުތަކާއެކު އުރީދޫ ސުޕަނެޓްގެ ހިދުމަތަކީ މިހާރުގެ މާކެޓުގައި ހެޔޮ އަގުގައި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބޭ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތްކަމަށް އުރީދޫއިން ބުންޏެވެ. ޑޭޓާ އެލަވަންސް، ޑޭޓާ ރޯލްއޯވާ އަދި ހަލުވި ސްޕީޑްތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ސުޕަނެޓް ކަސްޓަމަރުންނަށް ސުޕަނެޓް ވޮއިސްގެ ހިދުމަތާއި އުރީދޫ ކްލަބް ޕްރެމިއާ ލޯޔަލް ޕްރޮގްރާމްގެ ހިދުމަތްވެސް އިއުލާނުކޮށްފައެވެ.

"ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރަންޖެހޭވަރު އިތުރުވެ އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް އިންޓަނެޓް ހިދުމަތުގެ މުހިންމުކަން މިއަދު މިވަނީ ނުހަނު ބޮޑުތަނުން އިތުރުވެފައި. އަދުގެ މި ޑިޖިޓަލް ދުނިޔޭގައި ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކޮށް އޭގެ ފައިދާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، ސުޕަނެޓް ޕްލޭންތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި،"

"ހެޔޮ އަގުގައި ބޮޑެތި ޑޭޓާ އެލަވަންސްގެ ލިބުމުގެ އިތުރުން މަސް ނިމޭއިރު ބޭނުންނުކޮށްހުރި ޑޭޓާ އަނެއްމަހުގެ އެލަވަންސްއާއިއެކު ބޭނުންކުރެވި މެދުކެނޑުމެއްނެތް ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށްވެސް ފަހިވެގެންދާނެއެވެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްއަށް ގެނައި އަޕްގްރޭޑާއެކު އުރީދޫއިން ވަނީ ސަރުކާރުގެ ހުށަހެޅުންތަކަށް ބިނާކޮށް އާ ހަތަރު ޕްލޭންއެއް ތައާރަފްކޮށްފައެވެ.

އުތީދޫއިން އަލަށް ނެރުނު ޕްލޭން ތަކުގެ އިތުރުން ސުޕަނެޓް ގެ ކުރީގެ ޕްލޭންތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރެއިން:

  • ސަތޭކަ ޕަސެންޓާއި ހަމައައް ސުޕާނެޓްގެ ހުރިހާ ޕްލޭންތަކެއްގެ ޑޭޓާ އެލަވަންސް ވަނީ އިތުރުކުރެވިފައެވެ. މީގެ ސަބަބުން ޖީބީ އެއް ވިއްކާ އަގު ތިރިވެ، ކަސްޓަމަރުންނަށް މި ޕްލޭންތައް މެދުވެރިކޮށް އިތުރު ހަރަދަކާ ނުލާ ކުރިއަށްވުރެ ގިނަ ކަންކަން ކުރެވިގެންދާނެއެވެ.
  • ސުޕަރނެޓްގެ ހުރިހާ ޕްލޭންތަކަށާއި އެޑްއޮންތަކަށް ޑޭޓާ ރޯލްއޯވަރުގެ ޙިދުމަތް ލިބިގެންދާނެއެވެ. ރާއްޖޭގައި މުޅިން އަލަށް އުރީދޫ ކަސްޓަމަރުންނަށް މަސް ނިމިގެންދާއިރު ބޭނުންނުކުރެވި ހުރި ޑޭޓާ ބޭކާރު ނުވެ، އެއްވެސް ލިމިޓެއްނެތި ދެން އަންނަ މަހުގެ ޑޭޓާ އެލަވަންސްއާއިއެކު ކަސްޓަމަރުންނަށް ބޭނުންކުރެވޭނެއެވެ.

ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް އައިސްފައިވާ ބަދަލުތައް ބަލާލުމަށް ore.do/netuheyo ޒިޔާރާތްކޮށްލައިގެން ބަލާލެވޭނެއެވެ.

comment ކޮމެންޓް