ދުވަސްނުފުރާ ވިހާ ކުދިންނަށް ހާއްސަ ނެޕީ ލައިފް ސަޕޯޓުން ވިއްކަން ފަށައިފި

ދުނިޔޭގެ މަޝްހޫރު ޓީޒެޑްއެމްއޯގެ ބްރޭންޑެއް ކަމަށްވާ، ހެޕީ ޑައިޕާގެ ޓައިނީ ރޭންޖް ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ލައިފް ސަޕޯޓުން ބުނީ އެ ރޭންޖްގެ ނެޕީއަކީ މިހާރު ވިއްކަމުންދާ ހޭޕީ ނެޕީގެ އިތުރުން ދުވަސްނުފުރާ ވިހާ ކުދިންނަށް (ޕްރިމެޗުއާ އަދި އަންޑަވެއިޓްސް) އަށް ހާއްސަކޮށް އުފައްދައިގެން ވިއްކާ ނެޕީއެއް ކަމަށެވެ.

ނެނޯ، މައިކްރޯ އަދި ބިފޯ ނިއުބޯންއަކީ ކުދިންގެ ހަންގަނޑަށް ރައްކާތެރި ހެޔޮވަރު ކޮށްލަން ފަސޭހަވާގޮތޮށް ފަރުމާ ކޮށްފައިވާ ނެޕީއެކެވެ. ނެޕީގައި ވާ "ވެޓްނަސް އިންޑިކޭޓާ"އިން ނެޕީ ފޯވެފައިވާ މިންވަރު ދެނެގަނެވޭނެ އެވެ.

ލައިފްސަޕޯޓްގެ އޮންލައިން ސްޓޯ، ފާމަސީ އެމްވީގެ އިތުރުން ލައިފްސަޕޯޓްގެ އައުޓްލެޓްތައް ކަމަށްވާ އައިޖީއެމް ފާމަސީ، ވައިޓަލްކެއާ 7، މަޖީދީމަގު، ލައިފް ސަޕޯޓް ވައިޓަލްކެއާ ކަނބާއައިސާރަނި ހިނގުން އަދި ސަފަޔަރ ބައި ލައިފްސަޕޯޓް، ސޯސަންމަގު ފިހާރައިން ލިބެންހުންނާނެ އެވެ.

comment ކޮމެންޓް