ޕޭ ކޮމިޝަނަށް އާ މެމްބަރަކު އައްޔަންކޮށްފި

ނެޝަނަލް ޕޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރެއްވި ފަރީދާ--- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ނޭޝެނަލް ޕޭ ކޮމިޝަންގެ އާ މެމްބަރަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެ ކޮމިޝަނަށް އައްޔަނުކޮށްފައިވަނީ އައިޝަތު ފަރީދާ އެވެ.

ޕޭ ކޮމިޝަންގެ ރައީސް ކަމުގައި މިވަގުތު ހުންނެވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އަދި ނާއިބު ރައީސްއަކީ މަރިޔަމް ނިޔާފް މުހައްމަދު އެވެ.

އޭގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި އަފާފް އިބްރާހިމް އަލީ ދީދީ އާއި ފާތިމަތު ޝަނާ ފާރޫގް ވެސް ހިމެނެ އެވެ.

ޕޭ ކޮމިޝަނަށް ބޭފުޅަކު ހަމަޖެއްސިއިރު މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައި އަންނަ އަހަރު އެއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށް ރިއާޔަތްކޮށް ދައުލަތުގައި ހިމެނޭ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކުގެ ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު އެ ކޮމިޝަނުން ކުރަމުންދާ ކަމަށާއި އަދި އެ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކުގެ ޝަރުތުތައް ކަނޑައަޅާނެ ކަމަށްވެސް ޕޭ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް