Last Updated: 6 year 4 month ago

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަން

ބުލޮގު ޚުލާސާ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެ ގެސްޓްހައުސް އެޑިޝަނުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

މިއީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ދަށުން ގެސްޓްހައުސް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން އެވޯޑު ހަފްލާއެއް ބާއްވާ ދެވަނަ އަހަރު.

މިއަހަރުގެ ގެސްޓްހައުސް އެޑިޝަން އެވޯޑްސް ކުރިއަށްދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށީގައި.

22:49

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަންގެ ރަސްމިއްޔާތު ނިމިއްޖެ.

22:48

ލީޑިން ގެސްޓްހައުސް: ރިވަރީސް ޑައިވިން ވިލެޖް، ލ. ގަން.

22:43

ލީޑިން ގެސްޓްހައުސް ބްރޭންޑް: ކާނި ބީޗް ހޮޓެލް

22:42

ލީޑިން ގެސްޓްހައުސް އައިލެންޑް: އއ. އުކުޅަސް

22:37

ލީޑިން ބީޗް އައިލެންޑް: އއ. އުކުޅަސް

22:28

ލީޑިން ބިޒްނަސް ޑިވެލޮޕްމަންޓް ފޯ ގެސްޓްހައުސް އިންޑަސްޓްރީ: އެލައިޑް އިންޝުއަރެންސް.

22:27

މޯސްޓް ސަޕޯޓިވް ގެސްޓްހައުސް: ކްރިސްޓަލް ސޭންޑް، މާފުށި.

22:26

ނިއުކަމާ އޮފް ދަ އިޔަރ: ވިލާ ރޯސް.

22:23

ލީޑިން ޓްރާންސްޕޯޓް ސާވިސް ޕްރޮވައިޑާ: ނެވި ޓްރާންސްފާ ސާވިސް.

22:18
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަން ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
21:57

ލީޑިން އެޑްވެންޗަރ ގެސްޓްހައުސް: ޝެލޯ ލެގޫން، ރަސްދޫ.

21:54

ލީޑިން ހެރިޓޭޖް ގެސްޓްހައުސް: ޑީޓުއަރ ބީޗް ވިއު، ހަންޏާމީދޫ

21:50

ލީޑިން ބިޒްނަސް ގެސްޓްހައުސް: ޔޫއައި އިން، ހުޅުމާލެ.

21:45

ލީޑިން އެކޯ ފްރެންޑްލީ (ތިމާވެއްޓާ ރަހުމަތްތެރި) ގެސްޓްހައުސް: ނޮޅި އެސްކޭޕް، ނޮޅިވަރަންފަރު.

21:43

ލީޑިން ވޯޓާސްޕޯޓްސް ގެސްޓްހައުސް: ފުލިދޫ ޑައިވް އެންޑް ވޯޓާސްޕޯޓްސް، ފުލިދޫ.

21:42

ލީޑިން އެފްއެންބީ ގެސްޓްހައުސް: ވެލާނާ ބީޗް، މާފުށި.

21:41

އެވޯޑްތައް ދޭން ފަށައިފި. އެވޯޑް ލިބޭ ގެސްޓްހައުސްތަކަށް އުރީދޫގެ ފަރާތުން ގެސްޓްހައުސް ބްރޯޑްބޭންޑް ރައުޓަރެއް ދޭނެ.

21:36

މިހާރު ކުރިއަށްދަނީ ސްޕޮންސަރުންނާއި، ޕާޓްނަރުންނާއި ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަން ތަކެއް ދެއްކުން.

ގެސްޓްހައުސް އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކީ އެލިއާ އިންވެސްޓްމެންޓްސް.

ޓްރެވަލް އެވޯޑްސްގެ އިތުރު ޕާޓްނަރުންނަކީ؛

  • ޕްލެޓިނަމް ޕާޓްނާ: އުރީދޫ މޯލްޑިވްސް
  • ގޯލްޑް ޕާޓްނާ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
  • ގޯލްޑް ޕާޓްނާ: އެލިއާ
  • ސިލްވާ ޕާޓްނާ: އެލައިޑް އިންޝުއަރަންސް
  • ޕްރިންޓިން ޕާޓްނާ: ޕްރިން ޓްލެބް
  • ފޮޓޯގްރަފީ ޕާޓްނާ: ޑިޖިޓަލް ސްޓޫޑިއޯ
  • އޮންލައިން މީޑިއާ ޕާޓްނާ: ސަން އޮންލައިން
  • ޓްރެވަލް މީޑިއާ ޕާޓްނާ: މޯލްޑިވްސް އިންސައިޑާ
  • ޑިޖިޓަލް ޕާޓްނާ: ކޯޑްފްލައި
  • އެޑްވަޓައިޒިންގް ޕާޓްނާ: ބްލަކް
  • ހޯސްޓް ޕާޓްނާ: އެޗްޑީސީ
  • މާކެޓިން ޕާޓްނާ: ފީލް މޯލްޑިވްސް
  • އިވެންޓް ޕާޓްނާ: އޮބްޖެކްޓް
21:20
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަންގެ ހަފްލާގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
21:18

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް: ގެސްޓްހައުސް އިންޑަސްޓްރީ އަކީ ރާއްޖޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އިންޑަސްޓްރީ. އަޅުގަނޑު ލަފާކުރާ ގޮތުން ވަރަށް އަވަހަށް ރާއްޖޭގެ 50 ޕަސެންޓް ބެޑް ކެޕޭސިޓީ ގެސްޓްހައުސް އިންޑަސްޓްރީން ނަގާނެ. މިއަދު ރާއްޖޭގެ ގެސްޓްހައުސް ތަކުގައި 8،099 އެނދު އެބަހުރި، މިއީ ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 19 ޕަސެންޓް.

21:16

މިހާރު ވާހަކަ ދައްކަވަނީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް. އޭނާ ވިދާޅުވީ މަޓާޓޯ އިން މި އަހަރުގެ މިހާތަނަށް އަށް ގައުމެއްގައި، ރާއްޖެ ޕްރޮމޯޓް ކުރުމަށް ޑެސްޓިނޭޝަން ސްޓޭންޑްސް ހޯސްޓުކޮށް ރޯޑް ޝޯތައް ބާއްވާފައިވާ ކަމަށް. އަދި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ގިޔާސް ވިދާޅުވި. އޭނާ ވިދާޅުވީ، މިހާރު މަޓާޓޯ ވާނީ ރާއްޖޭގެ އެންމެ ބޮޑު ޑެސްޓިނޭޝަން މާކެޓިން އެޖެންސީ ކަމަށް.

21:02

މިރޭގެ ރަސްމިއްޔާތުގައި 15 ކެޓަގަރީއަކުން އެވޯޑް ދޭނެ. އެ އެވޯޑް ތަކަށް 120 ފަރާތަކުން ވަނީ ކުރިމަތިލާފައި.

21:01

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަންގެ ރަސްމިއްޔާތު ފަށައިފި. މިރޭގެ ރަސްމިއްޔާތުގެ މެއިން ސްޕޮންސަރަކީ އެލިއާ.