ފުވައްމުލަކުގައި ރޭސްޖެހި ސައިކަލެއް ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓެއް ވެއްޖެ

ޏ. ފުވަމުލަކުގައި ރޭސް ޖަހަން އުޅުނު ސައިކަލެއް ގޮސް ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 11:00 ޖަހަން އުޅެނިކޮށް ހިނގި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ވެހިކަލްގައި ޖެހުނު ސައިކަލް ދުއްވަން އިން 16 އަހަރުގެ ފިރިހެން ކުއްޖާގެ ނިތް ކުރި މަތިން ކޮންމެވެސް ވަރަކަށް ފަޅައިގެން ގޮސްފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ފުވައްމުލަކު ފުނާޑު އަވަށު ބަނދަރާވީ ދިމާލުން ރޭސް ޖަހަމުން ދުއްވި ތިން ސައިކަލު ބަންޕަރަށް އެރުމުން ވެސް މަޑު ނުކޮށް ދުއްވަން އުޅުމުން ކޮންޓޮރޯލުން ނެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ލައިސެންސް ނެތި ދުއްވި ކުއްޖާގެ ސައިކަލު ގޮސް ފުލުހުންގެ ވެހިކަލްގައި ޖެހި ފުލުހުންގެ ވެހިކަލުގެ ހެޑްލައިޓް ތަޅައިގެން ގޮސްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު