ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ކުނި ކޮއްޓަށް އުކާލަން ގެންދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ޕިކަޕު ތެރޭ ބަނގުރާ ހުސްކުރި ފުޅިތައް ހުރި ކަމަށެވެ. އެހެންނަމަވެސް އެއީ ރާ ހުސްކުރި ކިތަށް ފުޅި ކަމެއް އަދި އެއީ ގޮނޑަކަށް އުކައިލަން ކޮންތަނަކުން ގެންދިޔަ ފުޅިތަކެއް ކަމެއްވެސް ޝިޔާމް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެ ހުސް ފުޅިތަކާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ފަހަކަށް އައިސް މާލެ އާއި އަތޮޅު ތެރެއިން ބަނގުރާ ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ.
އެގޮތުން ސ. ހުޅުމީދޫ ގެއެއްގެ ފާޚާނާތެރޭގައި ބަނގުރާ ކައްކަމުންދިޔަ ކަމުގެ ތުހުމަތަށް މީގެ ދެ ދުވަސް ކުރިން ހައްޔަރު ކުރި އިރު އެ އަތޮޅު މީދޫގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ބަނގުރާ ކަމަށް ތުހުމަތުކުރެވޭ ހަމެއް ހިފައިގެން އުޅެނިކޮށް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބަނގުރާ ދެ ފުޅި ހުރި ދަބަހެއް މަގުމަތީ ބަހައްޓާފައިދިޔަ ދެ މީހަކު ފުލުހުން ވަނީ ހުޅުމާލޭން ވެސް ހައްޔަރު ކޮށްފަ އެވެ.