އެންސީއައިޓީގެ ބެލުމުގެ ދަށުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ކުރިޔަށްގެންދަން ސަރުކާރުން ނިންމައިފި

އެގްރީމެންޓްކޮށްފައިވާ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ)އެންސީއައިޓީ( ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަން ސަރުކާރުން ނިންމައިފި އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ހުއްޓުވުމަށް ފަހު، އަލުން ބިޑަށް ލައިގެން ކުރިއަށްގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފައިވާ އިމިގްރޭޝަންގެ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް އަލުން އިއުލާންނުކޮށް، ކުރިން ވެސް އެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިޔާގެ ނެކްސްބިޒް ކުންފުނިން ކުރިއަށްގެންދާ ގޮތަށް ކެބިނެޓުން ވަނީ ކުރިން ވެސް ނިންމާފަ އެވެ. ސަރުކާރުން މިއަދު ނިންނި ނިންމުގެ ތަފާތަކީ އެންސީއައިޓީގެ ބެލުމުގެ ދަށުން ޕްރެޖްކްޓް ކުރިޔަށް ގެންދަން ނިންމުމެވެ.

ވަޒީރުން މަޖިލީހުން މިއަދު އެގޮތަށް ނިންމީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢްލޫމާތު، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބެލެހެއްޓެވުމާ ބެހޭގޮތުން އެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.

ބިދޭސީންގެ ކަންކަން ހަރުދަނާ ކުރުމަށް އަލާ ފިޔަވަޅުތަކުގެ ތެޜޭގައި ހިއުމަން ރިސޯސަސް މިނިސްޓަރީ އާއި އިމިގްރޭޝަން ގައި ބޭނުންކުރާނެ އިންފޮމޭޝަން ސިސްޓަމެއް ބިނާކުރުމާއި އެ އިންފޮމޭޝަން ސިސްޓަމްގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ހިމެނެ އެވެ.

ބިދޭސީންގެ މަޢްލޫމާތު ރައްކާކުރަން މުއައްސަސާތަކުން ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމް ރެގިއުލޭޓްކުރާ ފަރާތަކީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ ކަމަށް ހަމަޖައްސައި ބިދޭސީންގެ މަޢްލޫމާތު ރައްކާ ކުރުމަށް ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ރައީސް އޮފީހާއި، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން މަސައްކަތް ކުރާ ޓީމެއް އުފައްދައި ބިދޭސީންގެ މަޢްލޫމާތު، ބަލަހައްޓަމުން ގެންދާނެ ގޮތުގެ ޑޭޓާ މެޕެއް އެކުލަވައިލަން ވެސް ސަރުކާރުން ވަނީ މިއަދު ނިންމާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު