މަސައްކަތްތެރިންގެ ދުވަސް، މެއި އެކެއް ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރަމުންދާ މެއި މަހުގެ އެއް ވަނަ ދުވަހަކީ، މި އަހަރުން ފެށިގެން ރަސްމީ ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެދުވަސް ބަންދު ދުވަހެއް ގޮތުގައި ހަމަޖެއްސީ ރާއްޖޭގައި ވެސް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަކަށްވާތީ އާއި، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖޭގެ އެކިފަރާތްތަކުން ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވާތީ، އެކަމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދެއްކެވުމަށް ފަހު، އެ މަޖިލީހުން ރައީސް ނަޝީދަށް އެރުއްވި ލަފައަކާ ގުޅިގެން ކަމަށެވެ.

މެއި މަހުގެ އެއް ވަނަ ދުވަހަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ރަސްމީ ބަންދު ދުވަހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު