ލަންދޫގައި ކުއްޖަކު ބޮޑުދައިތައާ ބެހެން އުޅުނު މައްސަލަ އާއި މުސްކުޅިއަކު ކުޑަކުއްޖަހާ ބެހުނު ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ނ. ލަންދޫގައި ބޮޑު ދައިތައާ ބެހެން އުޅުނު ކުޑަ ފިރިހެން ކުއްޖަކާއި، ކުޑަ އަންހެން ކުއްޖަކާ ބެހުނު ކަމަށް ބުނާ އުމުރުން ދުވަސް މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެރަށުގައި ކުޑަ ފިރިހެން ކުއްޖަކު ބޮޑު އަންހެނަކާ ބެހެން އުޅުނު މައްސަލައަކާއި ކުޑަ ކުއްޖަކާ ބޮޑު މީހަކު ބެހުނު މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަންހާމަ ނުކުރުމަށް ޝަރުތުކޮށް ސަން އަށް މަޢުލޫމާތު ދިން ލަންދޫ މީހަކު ބުނީ އެ ރަށުގައިއުޅޭ އުމުރުން 65 އަހަރަށް ވުރެ ވެސް ދުވަސް ވެފައިވާ މީހަކު 10 އަހަރުގެ ކުއްޑަ އަންހެން ކުއްޖަކާ އެކިފަހަރު މަތިން ބެހިފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ބަލަމުން އަންނައިރު އުމުރުން ދުވަސްވީ އެމީހާ މިއަދު ހެނދުނު އެ އަތޮޅު މަނަދުއަށް ގޮސްފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ. ވިޔަފާރި ކުރާ އެ މީހާ މިއަދު ހެނދުނު މަނަދު އަށް ދިޔައީ ވިޔަފާރި ދަތުރެއްގައި ކަމަށް ބެލެވޭ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ލަންދޫ ވާހަކަ ދެއްކި އެ މީހާ އަދި ބުނީ ކުޑަ ކުއްޖަކާ ބެހުނު މައްސަލަ ފުލުހުން މިއަދު ހެނދުނު ބަލަން ފެށުމާއި ގުޅިގެން އުމުރުން ދުވަސްވީ އެމީހާ އެ އުމުރުގެ އިތުރު އަންހެން ކުއްޖަކަށް ވެސް ފައިސާ ދީގެން ބެހެން މަސައްކަތް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް ވެސް ފެންމަތިވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ފުލުހުން އެކަން ކަށަވަރު ކޮށެއް ނުދެ އެވެ.

ކުޑަ ކުއްޖަކާ ބެހުނު މައްސަލައިގެ އިތުރުން ހަމަ އެ ރަށުގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ބޮޑު ދައިތައާ ބެހެން އުޅުނު ކަމުގެ މައްސަލަ އެއް ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސަން އަށް މައުލޫމާތު ދިން މީހާ ބުނީ ކުޑަކުއްޖާގެ ބޮޑު ދައިތަގެ ފިރިމީހާ މިއަދު ފަތިސް ނަމާދަށް ދިޔަ ވަގުތު އެ ފިރިހެން ކުއްޖާ ބޮޑުދައިތަ ގާތަށް ވަދެ ބޮޑު ދައިތަގެ ޖިންސީ ގުނަވަނެއްގައި އަތްލާފައިވާ ކަމަށް ބޮޑު ދައިތަ ބުނާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު