ސެމީ ގައި ރާއްޖެއިން ނޭޕާލާ ދެކޮޅަށް

ސައުތު އޭސިއަން ގޭމްސްގައި އިންޑިއާ އާއި ރާއްޖެ ބައްދަލު ކުރި މެޗުގައި ހަސަން ނާއިޒް ކައިރިން ބޯޅަ ހޯދުމަށް އިންޑިއާ ކުޅުންތެރިން މަސަތްކަތް ކުރަނީ --- ސަން ފައިލް ފޮޓޯ: އިމޭޖަސް އެމްވީ/ހުސެން ޝިނާން

ސައުތު އޭޝިއަން ގޭމްސްގެ ގުރޫޕް ގެ ފަހު މެޗްގައި ބަނގުލަދޭޝްއަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ސެމީފައިނަލް ފުރަތަމަ މެޗްގައި ރާއްޖެއާ ނޭޕާލް ބައްދަލު ކުރަން ޖެހިއްޖެއެވެ.

މިމެޗުން ބަލިވުމުން ނޭޕާލްއަށް ލިބުނީ ގުރޫޕް 'ބީ' ގެ ދެ ވަނައެވެ.

ރާއްޖެ ސެމީއަށް ދިޔައީ ގުރޫޕް 'އޭ' ގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ.

ރާއްޖެއާ ނޭޕާލް ކުޅޭ ސެމީ ފައިނަލް މެޗްގައި އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރާއްޖޭ ގަޑިން މެންދުރު ފަހު 1:30 ގައެވެ.

މިއަދުގެ މެޗުން މޮޅުވެ ބަނގުލަދޭޝްއަށް ގުރޫޕްގެ އެއް ވަނަ ލިބުމުން ސެމީފައިނަލްގައި އެޓީމު ވާދަ ކުރަން ޖެހޭނީ ގުރޫޕް 'ބީ' ގެ ދެ ވަނަ ޓީމު އިންޑިއާއާ ދެކޮޅާށެވެ.

މިއަދު ބަނގުލަދޭޝްއާއި ނޭޕާލް ވަދަ ކުރި މެޗްގައި ފުރަތަމަ ލީޑް ނެގީ ނޭޕާލް އިންނެވެ.

މެޗް ފެށިގެން ތިން ވަނަ މިނެޓް ތެރޭގައި ނޭޕާލާށް ލީޑް ނަގައިދިނީ އަނަންތަ ޓަމޭޏްގްއެވެ.

ބަނގުލަދޭޝްއިން ނަތީޖާ ހަމަހަމަ ކުރީ 40 ވަނަ މިނެޓްގައި ޔައްޔާން ހަސަން ކާމިޔާބު ކުރި ލަނޑުނެންނެވެ.

އޭގެ ފަސް މިނެޓް ފަހުން ބަނގުލަދޭޝްއަށް ލީޑް ނަގައިދިނީ ނާބިން ޖިބާންއެވެ.

comment ކޮމެންޓް