މިފްކޯގެ ނަމުގައި ބަޔަކު ފައިސާ ހޯދުމަށް ގުޅާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދިވެހި އެހާރާ މިހާރުގެ ފައިސާ ކަލެކްޝަން
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ނަމުގައި މީސްމީހުންނަށް ގުޅައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

މިފްކޯ މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "މިފްކޯގެ ނަމުގައި މޯބައިލް ނަމްބަރުތައް ބޭނުންކޮށްގެން އެއްވެސް ޕްރޮމޯޝަނެއް ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ހިންގަމުން ނުދާ" ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަމުގައި ބައެއް ފަރާތްތަކަށް ކުރާ ފޯން ކޯލްތަކުގައި "ރައްޔިތުންނަށް އޮޅޭ ގޮތަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާ ކުރުމަށް ބުނަމުންދާ ކަމުގެ ޝަކުވާ" އެ ކުންފުންޏަށް ލިބެމުން އަންނަ ކަމަށެވެ.
އެހެންވެ އެފަދަ ފޯން ކޯލްތަކަށް ސަމާލުވާން އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
comment ކޮމެންޓް