ތިން އަންހެން ދަރިން، ޖިންސީ ޝިކާރައަކަށް ހެދި ދޮން ބައްޕައަކު ހައްޔަރުކޮށްފި

ޝިޒްމީންގެ )އަސްލުނަމެއް ނޫން( ތިން އަންހެން ދަރިންނަށް އަޅައިލާނެ ކަމުގެ އުންމީދުގައި، ތިން ވަނަ ފަހަރަށް ފިރިޔަކު އިހްތިޔާރުކުރީ އާއިލާގެ އެދުމުގެ މަތިންނެވެ. ދަރިންނަށްޓަކައި އިތުރު ބައިވެރިޔަކަށް ބޭނުންވެގެނެވެ. ކޮންމެހެން ދަރިންނަށް ދޮންބައްޕައެއް ހޯދައިދޭންވެގެނެއް ނޫނެވެ.

އާއިލާގެ އެދުމުގެ މަތިން ކުރި ކައިވެންޏާ އެކު، އުފަން ރަށް ދޫކޮށް، ފިރިމީހާގެ ރަށް، ޅ. ނައިފަރަށް ޝިޒްމީންގެ ދިރިއުޅުން ބަދަލުކުރި އެވެ. އެއީ މީގެ ތިން މަސް ކުރިންނެވެ. ނައިފަރަށް ބަދަލުވި ފަހުން ފިރިމީހާ ނަދީމް ހާލިދު )އެހެން ނަމެއް( ގެ ދޮން ދަރިންނާމެދު އެހެން ލޮލަކުން ބަލާތަން ފެންނަން ފެށި އެވެ. ޝިޒްމީންގެ ނުވަ އަހަރުގެ ދަރިފުޅާއި އަށް އަހަރު އަދި ތިން އަހަރުގެ އަންހެން ދަރިފުޅާ، ފިރިމީހާއާ ދޭތެރޭ "ކަންތައްގަނޑެއް" ހިންގާ ކަމަށް ޝައްކުވާން ފެށި އެވެ.

"އެއްރެއަކު ނިދާފައި އޮއްވާ ކުއްލިއަކަށް ހޭލެވިގެން ބެލިއިރު ފިރިމިހާ ހުރީ ދަރިން ގާތުގައި އޮރިޔާމުން. އެނދުން ތެދުވާން އުޅެފަ ވެސް އޭނާ ކުރާކަމެއް ޔަގީން ކުރަންވެގެން މަޑުކޮށްލިން. މަގޭ އެންމެ ދޮށީ އަންހެން ދަރިފުޅު ކައިރިއަށް ގުދުވެގެން އޮވެ، އެ ކުއްޖާގެ ފަލަމަސްގަނޑާ ހިސާބަށް ހަރުވާޅު ބާލަނިކޮށް ފެނުމުން މަށަށް ކެއްނުކުރެވިގެން ތެދުވެ ސުވާލުކޮށް ޒުވާބުކޮށް ކުރީމަވެސް އޭނާ އެއްބަހެއް ނުވި،" ތިން ދަރިންނާމެދު ފިރިމީހާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން ފެށިކަން ފުރަތަމަ އެނގުނު ހިސާބުން ޝިޒްމީން ތަފުސީލު ކޮށްދިނެވެ.

ދެކުނުގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ ޝިޒްމީން އެ މަންޒަރު ފެނުމާއެކު އެކަމާ ބެހޭ ގޮތުން ތިންކުދިންނާ ސުވާލު ކުރަން ފެށި އެވެ. އެ ސުވާލުތަކަށް ޖަވާބު ލިބުނު އިރު ތިން އަހަރުގެ ދަރިފުޅާ ވެސް ފިރިމީހާ ބެހިފައިވާ ކަމާއި އޭގެ ސަބަބުން އެ ދަރިފުޅަށް ކުޑަކަމު ދާންވެސް ދަތިވެފައިވާކަން ސާފުވި އެވެ. ތިން ކުދިންގެ ބަހުން ވެސް ދޮންބަޕަ، އެކުދިންނަށް ބިރު ދައްކައި ބެހެމުންދާކަން ފަޅާއެރި އެވެ.

"(ދޮން) ބައްޕަ އަޅުގަނޑު ގާތުގައި ބުނީ މިކަން ކުރާ ވަހަކަ މަންމަގާތު ނުބުނާށޯ. އަދި އޕބޑއާ ކުޅޭ ވާހަކަ ވެސް ނުބުނާށޭ،" ތިން އަހަރުގެ ދަރިފުޅު އެ ވާހަކަ ކިޔައިދިން ގޮތަށް ޝިޒްމީން ބުންޏެވެ.

ޝިޒްމީން ބުނީ އެހިސާބުން ކެތް ނުކުރެވުނު ކަމަށާއި އެހެންވެ ނައިފަރު ދޫކޮށް ފުރައިގެން މާލެ އައިސް އެކަން ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި ބުނީ އޭރު އެކަން އެނގިގެން ފުލުހުން މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. ޝިޒްމީން ބުނީ އޭނާގެ ތިން އަންހެން ދަރިންނާ ފުލުހުން ސުވާލު ކޮށްފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ފިރިމީހާގެ ޖިންސީ ގޯނާތައް ތިން ކުދިންނަށް ވެސް އެކިވަރަށް ލިބިފައިވާކަން ޑޮކްޓަރުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތިން ދަރިންނާ ބެހުނު ކަމަށް ބުނާ ދޮން ބައްޕަ ޅ. ނައިފަރުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ނަދީމްގެ މައްޗަށް ތުހުމަތުތަކެއް ކުރި ނަމަވެސް އޭނާގެ އާއިލާއިން އެކަން ދޮގުކުރެ އެވެ. ޅ. ނައިފަރުން ވާހަކަދެއްކި އެ އާއިލާގެ މެންބަރަކު ބުނީ ނަދީމަކީ ތިން މީހުންނާ އިނދެ ވަރިވެފައިވާ މީހެއް ކަމަށެވެ. ނަދީމް އެންމެ ކުރިން އިން މީހާއަކީ މީހުންނާ އިންނަމުން ދުވާ މީހަކަށް ވިޔަސް އެމީހުންގެ ނަދީމް "އެވައްތަރަށް" ނޫޅޭނެ ކަމަށެވެ.

ނަދީމްގެ ފުރަތަމަ އަންހެނުން ހަ މީހުންނާ އިނދެ، ހަތް ދަރިން ހޯދަފައިވެ އެވެ. އަދި ނަދީމް ދެ ވަނައަށް ކައިވެނި ކުރީ އިންޑިއާ އަންހެނަކާ އެވެ. އެންމެ ފަހުން އޭނާ ކައިވެނި ކުރީ ޝިޒްމީން އާއެވެ.

ޖިންސީ ގޯނާގެ ހާދިސާތަކަށް ފަހު ޝިޒްމީންގެ ތިން ދަރިން ކިޔެވުމުން މަހުރޫމްވެފައި ތިބޭތާ ވެސް ތިން މަސްވެއްޖެ އެވެ. އޭނާ ބުނީ އެ ކުދިން މިހާރު ގިނައިން ވާހަކަ ނުދައްކާ ކަމަށާއި އަބަދުވެސް ވިސްނުމެއްގެ ތެރޭގައި ތިބޭ ކަމަށެވެ.

"އަހަރެން ބޭނުންވަނީ ސަރުކާރުގެ އިދާރަތަކުން އެ މައްސަލަ ބަލާގޮތަށް އަޅުގަނޑުގެ ތިން ދަރިން އުޅެމުންދާ ހާލު ވެސް ބަލަން. ދަރިންނާ ބެހުނު މީހާގެ ހައްޔަރު ކުރިޔަސް ދަރިންނަށް ވެސް ނިޔާ ބޭނުންވޭ،"
ޝިޒްމީން އޭނާގެ ވާހަކަތައް ސަންގެ ނޫސްވެރިންނާ ހިއްސާ ކުރީ ތިން ކުދިން ގޮވައިގެން އެނބުރި ރަށަށް ދިއުމަށް ކުރާ ދަތުރުގެ މަތީގައި ފޯނުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު