މަޑަވެލީގައި 13 އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ގދ. މަޑަވެލީގައި މަގުމަތިން ހިނގައިފަ ދިޔަ 13 އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމް ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ރޭ މަޑަވެލީގައި 18 އަހަރު ނުފުރޭ ކުޑައަންހެންކުއްޖަކު މަގުމަތިން ދަނިކޮށް ހިފަހައްޓައިފަ، އެކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރުމުގެ ތުހުމަތުގައި އެރަށުން ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މަޑަވެލިން ވާހަކަދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، އެ އަންހެންކުއްޖާ އަށް ވާނީ 13 އަހަރު ކަމަށާއި ސައިކަލެއްގައި ދިޔަ ދެ ފިރިހެނަކު އެކުއްޖާއާ ބެހުނީ ޓިއުޝަން ނިންމައިފައި އެކުއްޖާގެ ބޭބެއާއެކު ގެޔަށް ދިޔަ މަގުމަތީގައި ކަމަށެވެ. އެދެ ފިރިހެނުން އަންހެންކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގީ އެކީގައި ދިޔަ އޭނާގެ ބޭބެއަށް ހަމަލަދިނުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

"އަންހެންކުއްޖާއާ އޭނަގެ ބޭބެ އަނދިރި ގޯޅިއެއްތެރެއަށް ވެއްދީ. ވައްދައިފައި ބޭބެ ގައިގައި ތަޅައިފައި އެ ދެ ފިރިހެންކުދިން އަންހެން ކުއްޖާއާ ބެހުނީ. އެކަމަކު، ސަލާމަތްވި ގޮތެއް ނޭނގޭ. އާއިލާ އިން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރީ. ފުލުހުންގެ ޓީމެއް ރަށަށް އައިސް އެ މައްސަލަ ބަލައިފަ ދެ މީހަކު ހައްޔަރުކުރީ." އޭނާ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު