މަރަދޫ ފޭދުގައި ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސ. މަރަދޫ ފޭދޫގައި ކުޑަ ފިރިހެން ކުއްޖަކާ ފިރިހެނަކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 42 އަހަރުގެ ފިރިހެނަކު 18 އަހަރުން ދަށުގެ ކުއްޖަކާއެކު އެކި ފަހަރު މަތިން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި ކަމަށެވެ.

ނަމަވެސް މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސަން އެނގިފައިވާ ގޮތުގައި އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި ފިރިހެން މީހާގެ ގައިގައި ބަޔަކު ވަނީ ތަޅައިގެންފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު