އެމްޑީޕީން މަގުތަކަށް ނުކުމެއްޖެ ނަމަ މިއަދު ވެސް ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި

މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ: އޭޕީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުރަމުންދާ މުޒާހަރާގައި މާލޭގެ މަގުތަކަށް ނުކުމެއްޖެ ނަމަ މިއަދު ވެސް ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު އާއްމުކޮށްފައިވާ ދިގު ބަޔާނެއްގައި ބުނެފައި ވަނީ މަގުތަކަށް ނުކުމެ އެއްވުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.

"... މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިންތިޒާމުކުރާ އެއްވުން އާޓިިފިޝަލް ބީޗް ސަރަޙައްދުގައި މިއަދު ހަވީރު 16:00 ން ފެށިގެން މިރޭގެ 00:00 އާއި ހަމައަށް ޤާނޫނީ އިމުގެ ތެރެއިން ކުރިޔަށް ގެންދާނަމަ ފުލުހުންގެ ފަރާތުން ދޭން ޖެހޭ ރައްކާތެރިކަން ލިބިގެންދާނެ އެވެ. ނަމަވެސް މިރޭގެ 00:00 ގެ ފަހުން މިފަދަ އެއްވުމެއް ކުރިޔަށް ގެންދަން ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ހަމަ އެއާއެކު މާލޭގެ މަގުތަކަށް ނުކުމެ ޢާއްމު ދިރިއުޅުމަށް ހުރަސް އެޅޭގޮތަށް މަގުމަތީގެ އަމާންކަން ނަގާލައި މަގުމަތީގައި އެއްވުން ކުރިޔަށް ގެންދާ ނަމަ އެ އެއްވުމެއް ވަގުތުން ހުއްޓުވާނެ ވާހަކަ ވެސް ދަންނަވަމެވެ. އަދި މަގުތަކަށް ނުކުމެ އެއްވުން ކުރިޔަށް ގެންދަން ފުރުޞަތު ނުދޭނެ ވާހަކަވެސް ދަންނަވަމެވެ،" ފުލުހުން މިއަދު އާއްމު ކުރި ދިގު ބަޔާނުގައިވެ އެވެ.

" މިންޖުވާން" މި ނަމުގައި އެމްޑީޕީން ރޭ ފެށި މުޒާހަރާ 73 ގަޑި އިރާއި 13 މިނެޓް ވަންދެން ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު