ސަރުކާރުން އެދެނީ ކޮމަންވެލްތާ އެކު އޮތް ގުޅުން ވަރުގަދަކުރަން: ދުންޔާ

ބަރޮނެސް ސްކޮޓްލޭންޑް އަދި ދުންޔާ މައުމޫނު. ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮމަންވެލްތާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ކަމުގެ މަގާމަށް އަލަށް އިންތިހާބު ވެފައިވާ ބަރޮނެސް ސްކޮޓްލޭންޑަށް މަރުހަބާ ވިދާޅުވެ، ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ބަރޮނެސް ސްކޮޓްލޭންޑް އެމަގާމަށް ހޮވިވަޑައިގަތުމަކީ (އޭނާ ނިސްބަތްވާ) ޑޮމިނިކާ ފަދަ ކުދި ގައުމުތަކުން ކޮމަން ވެލްތަށް ކޮށްދީފައިވާ ހިދުމަތްތައް ބަލައިގަތުމުގެ ގޮތުން އޭނާ އަށް ހައްގު މަގާމެއް ކަމަށެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އަޑު ކޮމަންވެލްތުން އަހާނެ ކަން ކަށަވަރު ކުރުމަށް ބަރޮނެސް ސްކޮޓްލޭންޑް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ދުންޔާގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ. ކޮމަންވެލްތުން އިސްކަންދޭ އެޖެންޑާގައި ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އިސްކަން ދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ދުންޔާގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ޕެޓްރީޝިއާ ޖެނެޓް ސްކޮޓްލޭންޑް ނުވަތަ ބަރޮނެސް ސްކޮޓްލޭންޑް އޮފް އެސްތާލް އަކީ ޔޫކޭއާއި ޑޮމިނިކާއާއި ދެގައުމުގެ ރައްޔިތެކެވެ. އޭނާއަކީ ޔޫކޭގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް