އަބްދުއްސައްތާރު އަވަހާރަވުމުން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑިއަށް

އަބްދުއްސައްތާރު މޫސާ ދީދީ: ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު މުނާސަތުގައި ބޭއްވި ދިދަ ދެގުމުގެ ރަސްމިއްޔާތުގައި-- ފޮޓޯ/ ރައީސް އޮފީސް

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވުމާ ގުޅިގެން، ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސްގެ އެ ނިންމުން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާޙިމް މުއާޒު އަލީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

މުއާޒު ވިދާޅުވެފައި ވަނީ އަބްދުއްސައްތާރުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ.

އަބްދުއްސައްތާރު މޫސާދީއަކީ ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން މަސައްކަތް ކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.

ދިވެހިންނާއި އާންމުތަނެއްގައި އެންމެ ފަހުން އަބްދުއްސައްތާރު ވާހަކަފުޅުދެއްކެވީ ރާއްޖެ އަށް މިނިވަންކަން ލިބުމުގެ އެގްރިމެންޓްގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ސޮއި ކުރެއްވި ގަލަންކޮޅުގެ ނަކަލު ނެރުނު ރަސްމިއްޔާތުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު