ކުޑަކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި އެމްޑީޕީން ހޮވުނު ކައުންސިލަރަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހދ. ވައިކަރަދޫ ރަށު ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކޮށް ހޮވިފައި ހުރި އަލީ އާމިރު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ވައިކަރަދޫ ކައުންސިލްގެ މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ސަން އޮންލައިނަށް ޔަގީންވެފައިވާ ގޮތުގައި ކުޑަކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އަލީ އާމިރެވެ. އަދި އަލީ އާމިރު ގަދަކަމުން ބެހިފައި ވަނީ އޭނާއާ އާއިލީ ގޮތުން ގާތް ކުޑަކުއްޖަކާ ކަމަށް ވެސް ޔަގީންވެފައިވެ އެވެ.

ވައިކަރަދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ އަލީ އާމިރު ހައްޔަރުކޮށްފައިވާ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނު ނަމަވެސް މިހާތަނަށް އޭނާއަށް އެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އެކަމަކު އަލީ އާމިރަށް ފޯނުން ގުޅުއްވުމުން ޖަވާބެއް ނުދެއްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު