ސަންދާނު ލުތުފީ އަށް ރައީސުލްޖުމްހޫރިއްޔާ މަޢާފު ދެއްވައިފި

އައްޑުއަތޮޅު ހިތަދޫ، ފެންމުލި، އިބްރާހީމް މޫސާ ލުޠުފީ ނުވަތަ ސަންދާނު ލުތުފީ އަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަޢާފު ދެއްވައިފި އެވެ.


ލުޠުފީ އަށް ރައީސުލްޖުމްހޫރިއްޔާ މަޢާފް ދެއްވީ މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ލުޠުފީއަށް ވަނީ ޢުމުރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ޙުކުމުގެ މުއްދަތުން ބާކީއޮތް ދުވަސްތަކަށާއި، އެއް އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށްޖިނާއީ ކޯޓުން ކޮށްފައިވާ ޙުކުމަށް، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިބަޔާންކޮށްފައިވާ ގިންތި އަށް ނިސްބަތް ކުރައްވައި މަޢާފް ކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.


ލުޠުފީ، ޢުމުރަށް ޖަލަށްލުމަށާއި، އަރުވާލުމަށް ޙުކުމް ކުރައްވާފައި ވަނީ، 2001 ވަނަ އަހަރު ޝާއިޢު ކުރަންފެށި ސަންދާނު އިންޓަނެޓް ޕޮލިޓިކަލް ނިއުސް ބުލެޓިންއާ ގުޅޭ މައްސަލައަކާއި، އެހެން ބައެއް މައްސަލައާ ގުޅުވައިގެންނެވެ. އަދި 2003 ވަނަ އަހަރު ބޭސްފަރުވާއަކަށް ސްރީލަންކާގެ ކޮލަމްބޯއަށް އޭރުގެ ސަރުކާރުން އޭނާ ފޮނުއްވުމުން، އޭނާ ބަލަހައްޓަވަން ފޮނުއްވި ސިފައިންނަށް އެނގުމެއް ނެތި ލުޠުފީ ވަނީ ސްވިޒަލަންޑަށް ދަތުރުކުރައްވާފަ އެވެ. އޭރުއްސުރެމިހާތަނަށް އޭނާ ހުންނެވީ އ.ދ.ގެ ރެފިއުޖީއެއްގެ ޙައިސިއްޔަތު ހޯއްދަވައިގެން ސްވިޒަލަންޑްގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު