އަތު ބޮމެއް ކަމަށްބެލެވޭ އެއްޗެހިތަކެއް ދ. އަތޮޅު ފަޅު ރަށަކުން ފެނިއްޖެ

އަތު ބޮން ކަމަށް ބެލެވޭ އެ އެއްޗެހި ތައް ފެނުނު އެއަތޮޅު ވާނީން ވާހަކަ ދެއްކި އަލީ މޫސާ22، ބުނީ މިއަދު ހަވީރު އޭނާއާ އިތުރު ބަޔަކު ކަނޑިންމަ ފަރުމައްޗަށް ފީނަން އުޅެނިކޮށް ރައްޓެހި ކުއްޖަކު ބޮމެއް ކަހަލަ އެއްޗެހި ތަކެއް ކަންޑިމައިން ފެނުނު ކަމަށް ބުނުމުން އެކަން ޔަގީން ކުރަން ފަޅުރަށަށް އަރާ ބެލިއިރު އާންމުކޮށް ޓީވީ ތަކުން ފެންނަ ބޮން ހުންނަ ވައްތަރަށް ޖަންގަލް ގްރީން ކުލައިގެ ވޯޓާޕްރޫފް ދަޅަކަށް ލާފައި އޮތް އެއްޗެއް ގަސްތަކުގެ ތެރެއިން ފެނުނު ކަމަށެވެ.

Listen!

އަދި ބުނީ މީގެ ކުރީގެ ދުވަހެއްގައި ހަމަ އެރަށަށް ދިޔަ ބަޔަކަށް އެވައްތަރުގެ އަށް "ބޮން" ފެނުނު ކަމަށާއި އެކަމަކު އެދުވަހު އެއީ ކޯންޗެއްކަން އެމީހުންނަށް ކަށަވަރު ނުވުމުން އުކައިލީ ކަމަށެވެ.
"އެތަނުން އަޅުގަނޑަށް ފެންނުނީ އެންމެ އެއްޗެއް. އޭތި ހިފައިގެން އަޅުގަނޑު ރަށަށް އައީ. އެކަމަކު އޭގެ ކުރިން ދުވަހު އެތަނަށް ދިޔަ ކުދި ބަޔަކު ބުނީ އަށެތި ފެނުނު ކަމަށް. އެކަމަކު އެމީހުންނަށް އެއީ ކިހާވަރެއްގެ އެއްޗެއްކަން ނޭންގޭތީ އުކައިލީ،" އަލީ މޫސަ ބުންޏެވެ.

އޭނާ ބުނީ "ބޮން" ފެނުނުމުން ފުރަތަމަ 119 އަށް ގުޅި ކަމަށާއި ނަމަވެސް އެ ނަމްބަރުން ސަމާލު ކަން ނުދިނުމުން ދެން ގުޅީ އެއަތޮޅު ކުޑަ ހުވަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. އަދި ފަހުން "ބޮން" ހިފައިގެން ރަށަށް ގޮސް ފުލުހުންނާ ހަވާލު ކުރީ ކަމަށް ވެސް އަލީ މޫސާ ބުންޏެވެ.
އޭނާ އަދި ބުނީ މިހާރު އިތުރަށް އެކަން ބެލުމަށް ފަޅުރަށް، ކަނޑިންމައަށް ފުލުހުން ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިފަދަ ހާދިސާއެއް ދ. އަތޮޅުގައި އުޅޭ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކަމާ ބެހޭ ތަފްސީލް ދެވޭނީ އެމްއެންޑީއެފް އަށް ކަމަށެވެ.

އެމްއެންޑީއެފްގެ މޭޖާ އަބުދުއްރަހީމް ވިދާޅުވީ ދ. ކަނޑިންމައިން ފެނިގެން އުޅެނީ ބޮމެއް ކަމެއް ނުވަތަ އެނޫން ވެސް ހަތިޔާރެއްގެ ބާވަތެއް ކަމެއް އަދި ސާފުވެފައި ނުވާ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

" އަޅުގަނޑުމެންނަށް ވެސް ތި ޚަބަރު ލިބެގެން ބަލަމުން މިދަނީ. އެކަމަކު ޔަގީނެއް ނޫން އެއީ ބޮމެއް ކަމެއް ވެސް އަދި އެހެން ބާވަތެއްގެ ހަތިޔާރެއް ކަމެއް ވެސް. އަޅުގަނޑުމެންގެ އެކްސްޕާޓެއް އެތަނަށް ދެވުނީމަ އެނގޭނީ އެއީ ކޮން އެއްޗެއް ކަން" އަބުދުއް ރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޚާއްސަ ޓީމެއް މިހާރު އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަބުދުއްރަހީމް ވިދާޅުވީ ދ. ވާނީ ބަޔަކަށް ފަޅުރުން ފެނުނު އެތީގެ ސިފަ ކިޔައިދިން ގޮތުން "އެއީ ބޮމަކަށް ވެސް ވެދާނެ" ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު