ކުރީ ޒަމާނުގައި ދިވެހިން އުޅުނު ގޮތް ދައްކުވައިދޭ ޒިޔާރަތެއް ހެދުމުގެ ހުއްދަ އަމިއްލަ ޖަމިއްޔާއަކަށްދީފި

ކުރީ ޒަމާނުގައި ދިވެހިން އުޅުނު ގޮތް ދައްކުވައިދޭ ޒިޔާރަތެއް މީހުން ދިރުއުޅޭ ރަށެއްގައި ގާއިމު ކުރުމުގެ ހުއްދަ ނޭޝަނަލް ޕްލޭނިން ކައުންސިލް އިން ދީފި އެވެ.

އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އެމްޕުލޮއީޒް ފެޑެރޭޝަނުން އޮފް ދަ މޯލްޑިވްސް އިން ނޭޝަނަލް ޕްލޭނިން ކައުންސިލްއަށް ހުށަހަޅާފައިވާ އެ މަޝްރޫއަކީ ފަޅުރަށެއްގައި ކުރީޒަމާނުގައި ދިވެހިން އުޅުނު ގޮތް ދައްކުވައިދޭ ޒިޔާރަތެއް ގާއިމްކޮށް އަތްތެރިމަސައްކަތް ދަސްކޮށްދޭ ޓުރެއިނިން ސެންޓަރެއް ގާއިމް ކުރުމަށް ކުރިން ހުށަހަޅާފައިވާ މަސްރޫއެއް ކަމަށް ނޭޝަނަލް ޕްލޭނިން އިން ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ބުނީ އެފަދަ ޕްރޮޖެކްޓެއް މީހުން ދިރިއުޅޭ ރަށެއްގައި ހިންގުމަށް ހުއްދަ ދެއްވީ އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ފުޅާވެ އަތޮޅުތަކުގެ އިގްތިސޯދުތަކަށް އިތުރު ދިރުމެއް ލިބިގެން ދާނެތީ ކަމަށެވެ.

އެމްޕުލޮއީޒް ފެޑެރޭޝަން އޮފް ދަ މޯލްޑިވްސްގެ އެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައި ވަނީ ކޮން ރަށެއްގައި ކަމެއް އަދި އެ ޕްރޮޖެކްޓް ފަށަން ހަމަޖެހިފައި ވަނީ ކޮންއިރަކުކަމެއް ވެސް ޕްލޭނިން އަކުން ނުބުނެ އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން ބުނީ އެއީ 727،393 ޔޫއެސް ޑޮލަރު [11.9 މިލިއަން ރުފިޔާ]ގެ ޕުރޮޖެކްޓެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު