"ކިޔާށޭ ދޭހަކުރާށޭ" ނަމުގައި ރީޑިން ކެމްޕެއިނެއް ފަށައިފި

"ކިޔާށޭ ދޭހަކުރާށޭ" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ރީޑިން ކެމްޕޭނެއް ފަށައިފި އެވެ.

"ކިޔާށޭ ދޭހަކުރާށޭ" ކެމްޕެއިނަކީ 2013 ވަނަ ތައްޔާރުކުރި ކަރިކިއުލަމް ރިފޯމް ބޭސްލައިން ސްޓަޑީގެ ތެރެއިން ދޭހަކުރުމުގެ ގާބިލުކަން ކުދިންގެ ކިބައިގައި ދައްކަމަށް ފާހަގަކުރެވިގެން، ކިޔުމަށް ލޯބި ޖެއްސުމުގެ ގޮތުންނާއި ދޭހަވުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ގައުމީ ކެމްޕޭނެކެވެ.

ނެޝެނަލް ލައިބްރަރީ އާއި އެމްއެންބީސީ އާއި ނެޝެނަލް އިންސްޓިޓިއުޓާ ގުޅިގެން މިއަދު ފެށި ކެމްޕޭނަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކެޕްމޭނެކެވެ.

މިއަދު ހަވީރު ސަލްޓަން ޕާކްގައި ކުރިއަށްދިޔަ ހަވީރުގައި މާލޭގެ 15 ސުކޫލަކުން ބައިވެރިވެފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ސްޓޯލްތަކެއް ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުރިއިރު، ތަފާތު އުކުޅުތައް ބޭނުންކޮށްގެން ވާހަކަ ކިޔައިދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޑިޖިޓާލް ވާހަކަ އައިޕެޑަށް އަޅައިދިނުމާއި ބޭނުންކޮށްފައިވާ ކުޑަކުދިންގެ ވާހަކަ އެއްކުރުން ހިމެނެ އެވެ.

މިއަދުގެ ރަސްމިއްޔާތު ގައި ވަނީ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ "ބޭސްލައިން ސްޓަޑީ" ރިޕޯޓެއް ނެރެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު