ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް އެއް ނަންބަރު ޓާފް ދަނޑުގައި ކުޅޭގޮތައް ނިންމައިފި

އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރަތުގެ ހުރިހާ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމްގެއެއް ނަންބަރު ޓާފް ދަނޑުގައި ކަމަށް އެއިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު "ސަން"އަށް މިއަދު ވިދާޅުވީ، މުބާރާތަށް ތައްޔާރު ވުމަށްޓަކައި ޓާފް އެއްނަބަރު ދަނޑު ޒީނަތް ތެރިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ދަނޑުގެ މައި ގޭޓުގައި މިހާރުވަނީ ދަވާދު ލާންފަށާފައި ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި އެއީ ހަވީރާއި ރޭގަޑު ކަމަށް ވެސްޝާހިދު ވިދާޅުވި އެވެ.

"މިފަހަރުގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ ޓާފް އެއްނަންބަރު ދަނޑުގައި. މެޗުތައް ކުޅޭނީ ހަވީރު 4:10ގައި އަދި ރޭނގަޑު 8:45ގައި. މުބާރާތުގެ ގިނަ މެޗުތައް ކުޅެން ހަމަޖެހިފައި އޮތީ ހަވީރު. މުބާރާތައް ތައްޔާރު ވުމުގެގޮތުން ދަނޑު ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާއިފަ" ޝާހިދު ވިދާޅުވި އެވެ.

މިފަހަރުގެ މުބާރަތުގައި ޖުމްލަ 14 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި ބައިވެރިވެފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އާއި މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސްގެ އިތުރުން ނިއު ރޭޑިއަންޓް، މާޒިޔާ، އީގަލްސް، އޭވައިއެލް، ވިކްޓަރީ، މަހިބަދޫ ސްޕޯޓްސް ކްލަބު ގްރީން ސްޓްރީޓް، އޭދަފުށި، ވައިކަރަދޫ ފުޓްބޯލް ކްލަބު، ވޭރު ސްޕޯޓްސް ކްލަބު ކެލާ ނާޅި އަދި ވިލިމާލޭ ޔުނައިޓެޑް އެވެ.

މުބާރަތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އިތުރަށް އުފައްދައި އާ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު