ނ. މާފަރު ބައްޕައަކު އޭނާގެ ދަރިފުޅާ އެކު ބަދުއަހުލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބަދުއަޚްލާގީ ޢަމަލެއްގެ ތުހުމަތެއްގައި އެ ރަށުން އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ނަމެއް ކިޔާ ކާކުމާއި އެ މީހާއާ އެ އަންހެން ކުއްޖާ އާ ވަނީ ކިހާ ގާތަކަމެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރު އޯލެވެލް ހެދުމަށް ތައްޔާރު ވަމުން އަންނަ އެ ކުއްޖާ އާ މީގެ އަށް އަހަރު ކުރިން އެކުއްޖާ ބައްޕަ ދަނީ ބެހެމުންނެވެ.
އަދި އޭރު އެ ކުއްޖާ އޭނާގެ މަންމަ ގާތު އެ ވާހަކަ ބުނުމުން ބައްޕަ ބަދުނާމު ވެދާނީ އެއްވެސް މީހަކު ގާތު އެ ވާހަކަ ނުދެއްކުމަށް މަންމަ ބުނެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ނަން ނުޖެހެމަށް ޝަރުތުކޮށް މާފަރުން ވާހަކަ ދެއްކި މީހަކު ބުނީ އެކަން ފަޅާއެރީ އެ އަންހެން ކުއްޖާގެ ބައްޕަގެ ގައިގައި އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ ތަޅައިގަންނަން އުޅޭ ކަމަށް ބުނެ، ބަޔަކު ފުލުހުންނަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެންނެވެ.
އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ އެ އަންހެންކުއްޖާ، އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ ކައިރީ އޭނާގެ ބައްޕަ ބެހޭ ވާހަކަ ކިޔައިދީފައިވާ ކަމަށާއި އަދި އެ ވާހަކަތައް އެ ފިރިހެން ކުއްޖާ ރިކޯޑް ކޮށްފައިވާ ކޮމްޕިއުޓާ ހާޑް ޑިސްކެއް ބެލިއިރު އެކަމުގެ ހެކިތަކެއް ފެނިފައިވާ ކަމަށެވެ.