ކޮބާ 'ބީޗް ތެރަޕީ'އަށް ތައްޔާރުތަ؟

ހިތްގައިމު ގޮނޑުދޮށެއްގައި ހޭދަކޮށްލެވޭ ކޮންމެ ސިކުންތަކީ ވެސް ތިމާގެ ސިކުނޑިއަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް--ފޮޓޯ/ފޭސްބުކް

ޤުދުރަތީ ގޮތުން އަޅުގަނޑުމެން ވަށައިގެންވާ މާ ހައުލަކީ ހިތްގައިމު ރީތި މޫދަކާ ދޮންވެލިގަނޑެއް ލައްވާފައިވާ މާހައުލެކެވެ.

މި ނަސީބަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ރައްޔިތުން ބޭނުންވެ އެ ނަސީބު ލިބިފައި ނެތް ކަމަކަށް ވާއިރު ރީތި ހިތްގައިމު މޫދަކާއި ރީތި ދޮންވެލިގަނޑަކުން ލިބޭ ހިތްހަމަޖެހުމުގެ މުހިއްމުކަން އެނގޭހެއްޔެވެ؟

ޒަމާނުއްސުރެ ދިވެހިންނަކީ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުން ހިތްހަމަޖެހުމާއި އުފާ ހޯދަމުން އަންނަ ބަޔަކަށްވާއިރު މި ގޮނޑުދޮށްތަކުން ތިމާގެ ސިކުނޑިއަށް ލިބޭ ހިތްހަމަޖެހުމަކީ އަޅުގަޑުމެންނަށް ބީރަށްޓެހި ވާހަކައަކަށް ނުވާނެއެވެ.

ކޮންމެ ދުވަހަކުވެސް ރާޅު ބީއްސާލާ ހިތްގައިމު މި މާހައުލުން އުފާ ލިބިގަތުމަކީ ދުނިޔޭގެ އެތައް ބަޔަކު ދެކޭ ހުވަފެނެއް-- ފޮޓޯ/ފޭސްބުކް

ތަފާތު އެކި ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި ރީތި ހިތްގައިމު ހަމަހިމޭން ގޮނޑު ދޮށެއްގައި ވަގުތު ހޭދަކުރުމަކީ ޖިސްމާނީ، ނަފުސާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ނުހަނު ހެޔޮ އަސަރު ކުރުވާ ކަމެކެވެ.

އެގޮތުން މެޑކަލް ޕްރޮފެޝަނަލުން ވެސް އިރުޝާދު ދޭގޮތުގައި "ބީޗް ތެރަޕީ" އަކީ ދިރިއުޅުމުގައި ކޮންމެހެން ވެސް ހިމަނަންޖެހޭ ކަމެކެވެ.

ގޮނޑުދޮށުގައި އިރުކޮޅަކަށް ނަމަވެސް ހޭދަކުރާ ވަގުތު ކޮޅަކީ ކަންބޮޑުވުމާއި ސްޓްރެސް ކުޑަކޮށް، މުޅި ދުވަހުގެ މޫޑް ރަގަޅުކޮށްލަދޭނެ ވަގުތު ކޮޅެކެވެ.

ޚާއްސަކޮށް އެންޒައިޓީ އާއި ޑިޕްރެޝަން ހުންނަ މީހުން ގޮނޑު ދޮށުގައި ވަގުތު ހޭދަކުރުމަކީ އޭގެ އަލާމާތްތަކަށް ލުޔެއް ހޯދައިދީ ހިތްހަމަޖެހުން ހޯދައި ދިނުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށް ވެސް ގޮނޑު ދޮށުގައި ވަގުތު ހޭދަކުރުމުން ގިނަ ފައިދާތަކެއް ލިބި ނޭވާލާ ނިޒާމު ސާފުކޮށް، ރަގަޅަށް ނޭވާލުމަށް އެހީތެރިވެދެއެވެ.

ފޮޓޯ/ ދިސް ވޯލްޑް ޓްރެވެލް

އެހެންނަމަވެސް ވިސްނަންވީ ކަމަކީ 'ބީޗް ތެރަޕީ' އަކީ އާދަޔާ ޚިލާފު ބޭސް ފަރުވާގެ ބަދަލުގައި ބޭނުންކުރުން ރަގަޅު ކަމެއް ނޫންކަމެވެ.

ނަމަވެސް މިއީ ތިމާ މީހާގެ ނަފުސުގެ ދުޅަހެޔޮކަން ދަމަހައްޓައި ދިނުމަށް އެހީތެރިވެދޭ މުހިއްމު ތެރަޕީއެއްގެ ގޮތުގައި އަބަދުވެސް ހަނދާންކޮށްލާށެވެ.

ތިޔައީ އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް ފަރުވާ ހޯދާ ފަރާތެއް ނަމަ ތެރަޕިސްޓުގެ ލަފާގެ މަތިން ދުވަހުގެ ތާވަލުގައި 'ބީޗް ތެރަޕީ' ކޮންމެހެން ވެސް ހިމަނާލުން މުހިއްމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު