ބީއެމްއެލްއިން ހަ ރަށެއްގައި އީދު ސައި ބާއްވައިފި

ބީއެމްއެލް އިން ހަ ރަށެއްގައި އީދު ސައި ބާއްވައިފި-- ފޮޓޯ: ބީއެމްއެލް

ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަ ރަށެއްގައި މިއަހަރުގެ އީދު ސައި ބާއްވައިފިއެވެ.

މިގޮތުން މި އަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ހއ. އުތީމު، ރ. ކިނޮޅަސް، އދ. ދަނގެތި، ތ. ވޭމަންޑޫ، ލ. ގަން އަދި ފުވައްމުލަކު ސިޓީގައި އެވެ. ބީއެމްއެލް އިން ބުނީ މި ރަށްތަށުގައި އީދު ސައި ބެއްވުމުގެ މަގްސަދަކީ ފިޠުރު ޢީދު ފާހަގަކުރުމާއި މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުން ކަމުގައެވެ.

"އީދު ސަޔަކީ ކޮންމެ އަހަރަކުވެސް އެހާމެ ކާމިޔާބު އަދި ރަށްރަށުން ވަރަށް ބޮޑަށް ބަލައިގަންނަ އިވެންޓެއް. އެކަކުއަނެކާއި ބައްދަލުވެ، ހިނިތުންވެލާ، ވާހަކަ ދައްކާލާ އަދި ކެއުމުގެ މަޖަލުގައި މީހުން އެކުވެރިކުރުވާކަމެއް. މިއީ ބޭންކަށް އަބަދުވެސް ވަރަށް ހާއްސަ އިވެންޓެއް." ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ އިވެންޓް ބޭއްވުމަށް އެހީތެރިވެދެއްވި އެ ބޭންކުގެ ޓީމާއި، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖުތިމާއީ ގުޅުމުގެ ބަދަހިކަމާއި އެއްބައިވަންތަކަން އީދު ސައި ފަދަ ހަރަކާތްތަކުން ދައްކުވައިދެއެވެ.

comment ކޮމެންޓް