ބޭންކުން ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއްގެ ފައިސާ ބަހަނީ

ބޭންކް އޮފް މޯލްޑިވްސް މެއިން ބިލްޑިންގް---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއްގެ ފައިސާ ބަހަން ނިންމައިފިއެވެ.

އެގޮތުން މިދިޔަ އަހަރަކީ ބީއެމްއެލްއިން އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. މިގޮތުން ޓެކުހަށް ކެނޑުމަށްފަހު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ޙިއްސާއަކަށް ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"ބޭންކަށް ރެކޯޑު ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑު އުފަލާއެކު ފާހަގަކުރާ ކަމެއް. މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއްް ލިބުނު ފުރަތަމަ ފަހަރު. ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ފައިދާގެ ގޮތުގައި ޖުމުލަ 269 ރުފިޔާ ބެހުމަށް ހުށަހަޅާފައި. މިއީ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،" ބޭންކްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވިއެވެ.

ބޭންކްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ---

ކާލް އިތުރަށް ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ސްޓުމަކް ވަނީ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދިނުމަށާއި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ ޒިންމާއާއެކު ބޭންކް ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފާއާއި އިރުޝާދަށް ޝުކުރު އަދައިކުރައްވައިފައެވެ.

އަދި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް