މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓައެއް ނުލަން: އެމްޓީސީސީ

ފ. ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ސާވޭތަކާއި އިއައިއޭ ހެދުމުގެ މަސައްކަތް، މޯލްޑިވްސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރުން --- ފޮޓޯ: މޫސާ ނަދީމް/ ސަން

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި އެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލަން ސަރުކާރުން ނާނގާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން މިހެން ބުނެފައިވަނީ މަގޫދޫގައި އަޅަމުންދިޔަ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުންނާއި ރައްޔިތުން ބުނެފައި ވަނިކޮށެވެ. ކައުންސިލުން ބުނާގޮތުގައި އެ މަސައްކަތް ހުއްޓުނީ ސިޔާސީ ގޮތުން ބަޔަކު ނުފޫޒު ފޯރުވައިގެންނެވެ.

މިކަމާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު، މިއަދު "ސަން" އަށް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެ ކުންފުނީގެ ޕްރޮޖެކްޓް ލިސްޓްގައި އަދިވެސް ހިމެނޭ ކަމަށެވެ.

"މި މަޝްރޫޢު އަކީ ކޮންޓުރެކްޓެއްގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަސައްކަތަކަށް ވުމުން މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދެވޭކަށް ނެތް." ޒިޔާދު ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓް ތަރައްގީކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 550 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

comment ކޮމެންޓް