އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ-- އުރީދޫ

އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކޮށްލައިގެން ފޯނުން މިހާރު ފިތުރު ޒަކާތް ދެއްކޭނެ މަގެއް އުރީދޫއިން ފަހިކޮށްދީފިއެވެ.

އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެންގެވުމަށްފަހު، ފިތުރު ޒަކާތް ބެނާއަށް ފިއްތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކުރަން އަންނާނެއެވެ. ދެން ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީއެވެ. އޭގެ ފަހުން ފައިސާ ދެއްކުމަށް އެމްފައިސާ ޙިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލުމުން، އޯޓީޕީ ލިބޭނެއެވެ.

އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލާފައިވަނީ މި މަހުގެ 11 އިން ފެށިގެން މިފެށޭ މަހުގެ ހައެއްގެ ނިޔަލަށެވެ. މިހާރު އޮންލައިންކޮށް އުރީދޫގެ އެމްފައިސާއިން ފިތުރު ޒަކާތް ދެއްކޭނެއެވެ.

comment ކޮމެންޓް