ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓައިލަން ގޮވައިލައި އދ.ގެ ސަލަމާތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

އިސްރާއިލުން، ފަލަސްތީނުގެ ޣައްޒާ ދެމުން އަންނަ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލަން ގޮވައިލައި ގަރާރެއް އދ.ގެ ސަލަމާތީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

އދ. ގެ ސަލަމާތީ މަޖިލީހުގެ 15 ގައުމުގެ ތެރެއިން އެމެރިކާ ފިޔަަވައި ހުރިހާ ގައުމަކުން ވަނީ ވަގުތުން ހަމަލަތައް ހުއްޓައިލަން ތާއީދުކޮށްފައެވެ.

އެ ވޯޓަށްފަހު ވާހަކަދައްކަވަމުން އެމެރިކާއިން އދ. އަށް ކަނޑައަޅައިފައި ހުންނަ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ވަނީ ހަނގުރާމަ ހުއްޓައިލުމުގެ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ވާސިލްވުން ލަސްވީ ހަމާސްއާހެދި ކަމަށް ވިދާޅުވެ ހަމާސް ކުށްވެރިކުރައްވައިފައެވެ.

ނަމަވެސް އެމެރިކާއިން ހަނގުރާމަ ހުއްޓައިިލަން އެއްބަސްނުވާ ކަމަށް ވިދާޅުވިއެވެ.

ހަނގުރާމަ ކުރިއަށްދާތާ ގާތްގަނޑަކަށް ހަ މަސް ދުވަސްފަހުން މިފަދަ ގަރާރެއް ފާސްކުރެވުނުއިރު މިއީ ހަނގުރާމަ ހުއްޓައިލުމާ ދިމާއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުން ވަނީ އެކި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ. 32،000 އަށްވުރެ ގިނަ މީހުން ހަނގުރާމައިގައި ވަނީ މަރުވެފައެވެ.

ދިރިތިބީންނަށް ބަނޑުހައިހޫނު ކަމާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް