ދިރާގުން އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑްކުރުމުގެ ފުރުސަތު

--

ރެސިޑެންޝަލް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ގޮތަށް ޚާއްސަ ޕްރޮމޯޝަނެއް
ދިރާގުން ލޯންޗު ކޮށްފިއެެވެ.

މި ޕްރޮމޯޝަންގެ ދަށުން ފައިބާ 5އެމް ސްޓާޓާއިން ފެށިގެން ފައިބާ 30އެމް ބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް
މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އަދި މި އޮފާއާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހު ގެ މުއްދަތަށް
ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖްގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑްކުރަން ކަސްޓަމަރުން ބޭނުންވާނަމަ އެ ކަން ކުރެވޭނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ކަމާ ގުޅިގެން ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސ،ް ހަސަން
ޝާރިހު އާދަމް ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އާ އޮފާ ތައާރަފްކުރުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި މި ޕްރޮމޯޝަންގެ ސަބަބުން އިތުރު ޚަރަދަކާނުލާ އިތުރު ޑޭޓާ އެލަވަންސްތަކާއެކު ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަދި މި އޮފާގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިވެގެން ދިއުން އެއީ ދިރާގުގެ އުންމީދުކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މި އަހަރުގެ ރޯދަ މަހާއި ދިމާކޮށް އެ ކުންފުނިން ވަނީ ވަރަށް ޚާއްސަ ފަސް އޮފާއެއް ވެސް ތައްޔާރު ކޮށްފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އަދި މުޅިން އަ އޮފާތަކެއް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް