އެލައިޑުން އަންހެނުންގެ ދުވަސް ފާހަގަކުރީ އަންހެނުންނަށް ޚާއްސަ އާ "ކަމަނަ" ޕްލޭނާއެކު

އެލައިޑުން އަންހެނުންގެ ދުވަސް ފާހަގކުރުމުގެ ތެރެއިން ---

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެލައިޑް އިންޝުއަރަންސުން އިސްނަގައިގެން، ކަނބަލުންނަށް ތަފާތު ހަރަކާތްތަކެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

އެލައިޑުން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން މިއަދު މި ދުވަސް ފާހަގަކުރީ ކަނބަލުން ބާރުވެރިކުރުވުމަށް ޚާއްސަ ލައިފް އިންޝުއަރަންސް ޕްލޭން "ކަމަނަ" އިފްތިތާހުކުރުމާއެކުގައެވެ.

"ކަމަނަ" ޕްލޭނަކީ އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އިންޝުއަރަންސް ކުންފުންޏަކުން ކުރެވިދާނެ ކަންތައްތައް ދިރާސާ ކުރުމަށްފަހު ހޯދުނު ތަފާސް ހިސާބުތަކުގެ މައްޗައް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށް އެލައިޑުން ބުންޏެވެ.

އެގޮތުން މި ދިރާސާތަކުން ރާއްޖޭގައި ވަކި އުމުރަކަށް އެޅޭއިރު އަންހެނުންގެ ފުރާނަޔަށް ގެއްލުންހުރި ބަލިތައް ކުރިމަތިވާ ނިސްބަތް އިތުރުކަން ފާހަގަވެފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

ނަތީޖާއެއްގެ ގޮތުން، ދިރިއުޅުން ބިނާކުރުމަށް ކުރާ މަސައްކަތް ހުއްޓި، އާމްދަނީ ހޯދަން ހުރަސްއެޅެއެވެ. އެކަމަކު، "ކަމަނަ" ޕޮލިސީއަކީ މި ކަންކަމަށް ހައްލު ހޯދައިދިނުމަށް އެހީވެދޭ ޕްލޭނެއް ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އެލައިޑުން ބުނީ ކަމަނަ ޕްލޭނުން އެކްސިޑެންޓެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވުމުން ކަވަރުކޮށްދޭ ކަމަށާއި ޕޮލިސީގެ މުއްދަތު ހަމަވަންދެން އެލައިޑުން ފައިސާ ދައްކާގޮތަށް ޕޮލިސީ ކުރިއަށްދާނެ ކަމަށެވެ.

ޕޮލިސީ ހިނގަމުންދާ މުއްދަތުގައި ލިބޭ އިމަޖެންސީ ފަންޑް ކޮންމެ ދެ އަހަރަކުން އެއް އަހަރު ލިބޭއިރު ޕޮލިސީގެ މުއްދަތު ހަމަވުމުން، މެޗުރިޓީ ބެނެފިޓާއި ޕޮލިސީ ހިނގަމުން ދިޔަ މުއްދަތުގެ ތެރޭގައި އެކިޔުމުލޭޓްވެފައިވާ ބޯނަސް ލިބޭނެ ކަމަށް އެލައިޑުން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، އެލައިޑުން ބުނި ގޮތުގައި، އެންމެނަށް އެކްސެސިބަލް ޕްލޭނަކަށް ހެދުމަށް، ޕޮލިސީ ފަރުމާކޮށްފައިވަނީ ހެޔޮ އަގެއް ދައްކަންޖެހޭ ގޮތަށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ނެގޭ ގޮތަށް ކަމަށެވެ.

މިސާލަކަށް 25 އަހަރުގެ މީހަކު އެއް ލައްކަ ރުފިޔާގެ ޕޮލިސީއެއް ނަގާނަމަ މަހަކަށް ގާތްގަނޑަކަށް ދައްކާލަން މި ޖެހެނީ އެންމެ 600 ރުފިޔާ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އެލައިޑުން ބުނިގޮތުގައި ޕްލޭން ނަގާ ފަރާތެއްގެ އާމްދަނީއާއި ދިރިއުޅުން ބައްޓަން ކުރެވިފައިވާ ގޮތަށް ބިނާކޮށް އެ ފަރާތަކަށް އެކަށީގެންވާ ގޮތަށް ޕްލޭން ކަސްޓަމައިޒް ކޮށްލުމުގެ ފުރުސަތު ވެސް ލިބެނޭ ކަމަށެވެ.

ޕްލޭނާ ގުޅުން ހުރި މައުލޫމާތު އެލައިޑްގެ ހޮޓްލައިން 1600 އިން ހޯދުމަށް އެލައިޑުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް