އެމްއައިބީ ރޯދަ ޕްރޮމޯޝަނުން ހޮވޭ ހަތަރު މީހަކަށް އުމްރާ ދަތުރެއް ދެނީ

އެމްއައިބީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި އޭޓީއެމް -- ސަން ފޮޓޯ/މާހިލް އާތިފް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ މިއަހަރުގެ ރޯދަ ޕްރޮމޯޝަނުން ހޮވޭ ހަތަރު މީހަކަށް އުމްރާ ދަތުރުތައް ދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީގެ ރޯދަ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އޭޕްރީލް މަހުގެ 13ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ތެރެއިން އެ ބޭންކުގެ ވިސާ ކާޑުން 20 ޓްރާންސެކްޝަން ހަދައިގެން އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލަފައެވެ.

އެ ޕްރޮމޯޝަންގެ ތެރެއިން، ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ދެ މީހަކަށް އިފްތާރު ޕެކޭޖެއް ވެސް ލިބޭނެ ކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީގެ ޚިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން 'އެޕްލައި ނައު' ޕޯޓަލްއިން އެ ބޭންކުގެ ޚިދުމަތްތަކަށް ކޮންމެ ތާކު ހުރެ، ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް އެދެވޭ ގޮތަށް އެބޭންކުން ވަނީ ހަދައިފައެވެ.

comment ކޮމެންޓް