މި މަހުގެ 20 ވަނަ ދުވަހު ނިމުނު ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި ވެންޑައިކް ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުން ނިދަން އުނދަގޫވިކަމަށް އޭނާ ބުނެފިއެވެ.
ވޯލްޑްކަޕް ކުއާޓާ ފައިނަލުގައި އާޖެންޓީނާއާއި ނެދަލޭންޑްސް ބައްދަލުކުރި ކުއާޓާ ފައިނަލުގެ މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީއެވެ.
އެގޮތުން މެޗުގައި ފުރަތަމަ ޕެނަލްޓީ ޖަހަށް ލިބުނީ ނެދަލޭންޑްސްއަށެވެ. އެ ޓީމުން ކެޕްޓަން ވެންޑައިކް ފުރަތަމަ ޕެނަލްޓީ ޖެހިއިރު އެ ޕެނަލްޓީ ދިފާއުކުރީ މުބާރާތުގައި އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމު ހޯދި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ.
ނެދަލޭންޑްސް ޓީމުން ޖެހި ތިން ޕެނަލްޓީ ނާކާމިޔާބުވެ އެ ޓީމު ވަނީ މުބާރާތުން ކަޓަައިފައެވެ.
އެެހެންކަމުން ނެދަލޭންޑްސްގެ ފުރަތަމަ ޕެނަލްޓީ ޖެހި އެ ޓީމުގެ ކެޕްޓަން ވެންޑައިކް ބުނީ އޭނާ އަތުން އެ ޕެނަލްޓީ ނާކާމިޔާބުވުމުން ދެ ރޭ ނުނިދުނުކަމަށެވެ.
މީގެއިތުރުން ވެންޑައިކް ބުނީ މުބާރާތުގައި ކުރިއަށް ދާން ފުރުސަތު ލިބިފައިވަނިކޮށް މުހިންމު ޕެނަލްޓީއެއް އޭނާ އަތުން ނާކާމިޔާބުވުމުން ވަރަށް ދެރަވާކަމަށެވެ.
އެ ހިތާމައިގައި އޭނާ ދުވަސްކޮޅަކަށް ފުޓުބޯޅައާ ދުރުވެލިކަމަށާއި، އެ ދުވަސްތަކުގައި މުޅިން ވެސް ވަގުތު ހޭދަކުރީ އާއިލާއާއެކުގައި ކަމަށް ވެސް ވެންޑައިކް ބުންޏެވެ.