މާލޭގެ ފެން ހިންދާ ނިޒާމާއި އެއްގަމު ތޮށި އަޕްގްރޭޑު ކުރަން ދިރާސާއެއް ކުރަނީ

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑު ކުރުމާއި މާލޭގެ މަގުތަކުގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސާވޭތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑު ކުރުމާއި މާލޭގެ މަގުތަކުގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސާވޭތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ދެ ދިރާސާވެސް ކުރަނީ ޖަޕާނު އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)އިންނެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނަރަލް އަހުމަދު ތަލްހަތެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޕްރިޕަރޭޓަރީ ސާވޭ ޓީމުގެ ލީޑަރު ހިޑެއަކީ މަޓްސުމޯޓޯއެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑު ކުރުމާއި މާލޭގެ މަގުތަކުގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސާވޭތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

އެ ދެ ދިރާސާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިިރު، އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މިހާރު މާލޭގައި އޮންނަ އެއްގަމު ތޮއްޓަކީވެސް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ ތޮއްޓެކެވެ.

އެފަހަރުވެސް ތޮށި ލުމަށް ދިރާސާކޮށްފައިވަނި ޖައިކާއިންނެވެ.

އެފަހަރު ކުރި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 1991 އަހަރުން ފެށިގެން 1992އާ ހަމައަށެވެ.

comment ކޮމެންޓް