އިސްރާއީލް ކުށްވެރިކުރާ ގަރާރަށް ރާއްޖޭން ތާއީދުކޮށްފި

އިސްރާއީލް ކުށްވެރިކޮށް އދ.ގެ ހިއުމަންރައިޓްސް ކައުންސިލަށް ހުށައެޅި ގަރާރެއް ރާއްޖޭން ސްޕޮންސާ ކޮށްފި އެވެ.

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އިސްރާއީލުން ހިންގާ ހަރަކާތްތައް ކުށްވެރިކޮށް އދ.ގެ ހިއުމަންރައިޓްސް ކައުންސިލުން ފާސްކުރި އެގަރާރުގައި ބުނެފައި ވަނީ އެފަދަ ހަރަކާތްތަކުން ފަލަސްތީނު މީހުންގެ އިންސާނީ ހައްގުތައް ގެއްލޭ ކަމަށެވެ. އަދި އެކަމަކީ ސުލްހައިގެ ވާހަކަތަކަށް އެޅޭ ހުރަހެއް ކަމަށް ވެސް ގަރާރުގައި ވެއެވެ.

އަމިއްލަ ދައުލަތެއް ގާއިމްކުރުމަކީ ފަލަސްތީނު މީހުންނަށް ލިބެންޖެހޭ ހައްގެއް ކަމަށާއި، ދުނިޔެ ގަބޫލުކުރާ އެހައްގު އިސްރާއީލުގެ ދެކޮޅުހެދުންތަކުގެ ސަބަބުން ފަލަސްތީނުމީހުންނަށް ނުލިބި އޮތް ކަމަށް ބުނާ ގަރާރެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރުގައިވެސް ރާއްޖެވަނީ ކޯ ސްޕޮންސާ ކޮށްފަ އެވެ.

ފަލަސްތީނާ ބެހޭ ގޮތުން ހިއުމަންރައިޓްސް ކައުންސިލްގައި ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް ވިދާޅުވެފައިވަނީ އަމިއްލަ ދައުލަތެއް ގާއިމް ކުރުމުގެ ހައްގު ފަލަސްތީނު މީހުންނަށް ލިބިގެން ވާކަން ފުރިހަމައަށް ގަބޫލުކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފަ އެވެ. އަދި ވިދާޅުވެފައިވަނީ މިނިވަން ދައުލަތެއް ގާއިމް ނުކުރެވޭހާ ހިނދަކު ފަލަސްތީނުމީހުންނަށް އެމީހުންގެ އިންސާނީ ހައްގުތައް ނުލިބޭނެ ކަމަށެވެ.

ހިފާފައިވާ ބިންތަކުގައި އާބާދީތައް ހެދުން ކުށްވެރިކޮށް އުފުލަމުންދާ އުފުލަމުންދާ އަޑުތަށް އެކަމަނާ ވަނީ ރާއްޖޭގެ ފަރާތުން އައު ކުރައްވާފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ގެދޮރުއަޅަމުންދާ ދިއުން ކުށްވެރިކުރުމަށް ގަރާރެއް ހިއުމަންރައިޓްސް ކައުންސިލުން ފާސްކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު