މަސައްކަލީ ގެ ރީމޭކުގައި ތާރާ އާއި ސިދާތު!

ތާރާ އާއި ސިދާތް---

ދެހާސް ނުވަވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ދިއްލީ 6" ގައި ސޯނަމް ކަޕޫރާއި އަބީޝޭކް ބައްޗަން ކުޅެފައިވާ ހިތްގައިމު ލަވަ "މަސަކަލީ"ގެ ރީމޭކް ލަވަ ދައްކާލައިފިއެވެ.

މަސަކަލީ 2.0 ގައި ފެނިގެންދަނީ ފިލްމު "މަރްޖާވާން"ގެ ދެތަރިން ކަމަށްވާ ތާރާ ސުތައިރާ އާއި ސިދާތް މަލްހަތްރާއެވެ. ތުލްސީ ކުމާރާއި ސަޗޭތު ޓަންޑަންގެ ހިތްގައިމު އަޑުން މި ލަވަ އިވިގެންދާއިރު މި ލަވަ ޑައިރެކްޓްކޮށްފައިވަނީ އާދިލް ޝައިޚް އެވެ.

މި ލަވައިން ފެނިގެންދަނީ ގެއެއްގެ ތެރޭގައި ދެމީހަކު އުޅެމުން ޖަހާ ސަކަރާތެވެ. މި ލަވަ ގިނަ ބަޔަކަށް ކަމުދިޔައިރު މިލަވައަށް ވަނީ ތިން މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ.

ސްޓޫޑަންޓް އޮފް ދަ އިޔާ 2 އިން ބޮލީވުޑަށް ނުކުތް ބަތަލާ ތާރާ އާއި ސިދާތްގެ ލޯބީގެ ވާހަކަތައް ކޮންމެވެސް ވަރަކަށް މީޑީއާގައި ފެތުރިފައިވެއެވެ. އަދި ކަރަން ޖޯހަރު ހޯސްޓްކޮށް ގެނެސްދޭ ޝޯ "ކޮފީ ވިތް ކަރަން" ގައި ތާރާ ބުނީ ސިދާތް އަކީ އޭނާގެ ކްރަޝްއެއް ކަމަށެވެ. ދެތަރިންގެ ޖޯޑު ގިނަ ބަޔަކަށް ކަމުދެއެވެ.

comment ކޮމެންޓް