އައްޑޫއިން ޑޮކްޓަރަކާއި ދެ ނަރުހުން ހޯމް އައިސޮލޭޝަނަށް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދިޔަ މީހެއްގެ ކިބައިގައި ކޮރޯނާވައިރަހުގެ އަލާމާތްތައް ހުރުމުން، އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިން ޑޮކްޓަރާއި ދެ ނަަރުހުން ހޯމް އައިސޮލޭޝަނަށް ދާން އަންގައި ފިއެވެ.

ކޮވިޑް19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަޖުރަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލިވެގެން އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދިޔައީ އިންޑިއާގެ ކޮޗިން އިން ރާއްޖެ އައި ދިވެއްސެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެމީހާގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ ގޮސްފައިވަނީ ހޮސްޕިޓަލުގެ އީއާރަށް ކަމަށެވެ. އަދި އެވަގުތު އޭނާއަށް ފުރަތަމަ އެޓެންޑުވި ދެ ނަރުހުންނާއި ޑޮކްޓަރު ތިބީ ޕްރޮޓެކްޓިވް އިކުއިޕްމަންޓުގައި ނޫން ކަމަށެވެ.

އެހެންވީމަ ރައްކާތެރިކަމުގެ ގޮތުން އެ ދެ ނަރުހުންނާއި ޑޮކްޓަރުން ހޯމް ކޮރަންޓީނުގައި ތިބީ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިހާރު ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޑޮކްޓަރާއި ނަރުހުން ގޭގައި އެކަހެރިވާން އަންގާފައިވަނީ ޓެސްޓުގެ ނަތީޖާ ލިބެންދެން ކަމަށެވެ.

comment ކޮމެންޓް