މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރުކޮށްފި

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން، މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް ނިންމި ނިންމުން، އޭޕްރީލް 4 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޭޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ އަސުރު ނަމާދާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް ނިންމި ނިންމުން، އޭޕްރީލް 4 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޭޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ އަސުރު ނަމާދާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން އެ ސަރަހައްދުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ފުރަތަމަ މަނާކުރީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން، މިއަދު އަސުރު ނަމާދާ ހަމައަށެވެ.

އަތޮޅު ތެރޭގައި ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާ ނުކުރި ނަމަވެސް، އެއްވެސް ރަށަކަށް އަރާ ފޭބުން މަނާކޮށްފިނަމަ، އެ ހާލަތު ދެމިއޮތްހާ ހިނދަކު އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މަނާވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މާލެ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާއިރު، ގޭގައި ނަމާދު ކުރެވޭ ފަރާތްތަކުން ގޭގައި ތިބެ ނަމާދު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅަ އެވެ،

ކޮރޯނާވައިރަހުގެ ކަންކަމުގައި މައުލޫމާތު ދޭ ސަރުކާރު ތަރުޖަމާނު މަބްރޫކް އަޒީޒު މީގެ ކުރިން ވިދާޅުވީ ގޭގައި ނަމާދު ނުކުރެވޭ މީހުންނަށް މިސްކިތްތަކުގައި ވަކިވަކިން ނަމާދު ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް އެގޮތަށް ނަމާދުކުރާ އިރު ވަކި ދުރުމިނެއްގައި ތިބެގެން ނަމާދު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފަ އެވެ.

"ޑޮކްޓަރުންގެ އިލްތިމާސް އަކީ އެއް ސަފު ދޫކޮށްފައި ތިއްބަވައްޗޭ. ކުރިއަށް ވެސް ފަހަތަށް ވެސް. ދެން މީހަކު ނަމާދައް ހުއްޓައި ދެން ނަމާދައް އަރަން އަންނަ މީހާ އެވަރު ޖާގަ ދީފައި މިސްކިތްތެރޭ މަޑު ކުރައްވައްޗޭ. އެހެންވީމަ ވަށައިގެން ހަ ފޫޓު ޖާގަ ބެހެއްޓުން ޑޮކްޓަރުންގެ އިލްތިމާސްއަކީ މިސްކިތައް ވަޑައިގަތް ނަމާދު ކުރައްވަންޏާ،" މަބްރޫކް ވިދާޅުވި އެވެ.

comment ކޮމެންޓް