އާލިއާ ގެ "ގަންގޫބާއި"ގެ ޝޫޓިން މެދުކަނޑާލައިފި

ފިލްމުގެ ޕޯސްޓަރެއް---

ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ"ގެ ޝޫޓިން މެދުކަނޑަލައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން ފިލްމުގެ ޝޫޓިން މިދުވަސްކޮޅު މަޑުޖައްސާލިއިރު މި ފިލްމަކީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމުގެ ޓީމުން ބުނީ ކޮވިޑް19 ހަމައަކަށް އެޅުނުހާ އަވަހަކަށް ފިލްމުގެ މަސައްކަތްތައް އަލުން ފަށައި ފިލްމު ދައްކަން އޮންނަ ތާރީޚުގައި ދެއްކުމަށް މަސައްކަތްކުރާނެކަމަށެވެ.

މި ފިލްމުގެ ބަތަލާ އަކީ ކުޅަދާނަ ތަރި އާލިއާ ބަޓް އެވެ. މިއީ ބަންސާލީގެ ފިލްމެއްގައި އާލިއާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. މި ފިލްމުން ފެނިގެންދާނީ ކޮން ބަތަލެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމުން ފެނިގެންދާނެ ފިރިހެން ލީޑަކީ އަޖޭ ދޭވްގަން އެވެ.

އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.

comment ކޮމެންޓް