މޮޅުވުމުން ޕީއެސްޖީ ކުޅުންތެރިން ހާލަންޑަށް ޖޯކު ޖަހައިފި

ޕީއެސްޖީގެ ކުޅުންތެރިން މެޗުން މޮޅުވުމަށްފަހު ހާލަންޑަށް ޖޯކު ޖަހައި އުފާފާޅު ކުރަނީ ---

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ޖަރުމަނުގް ބްރޮޝިއާ ޑޮޓްމަންޑް ބަލިކޮށް އެ ޓީމުގެ ޒުވާން ފޯވާޑް އާލިންގް ހާލަންޑަށް ޕީއެސްޖީން ޖޯކު ޖަހައިފި އެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމުގައި އެއްވެސް ސަޕޯޓަރަކު ނުވައްދާ ރޭ ކުޅުނު މެޗުން ޑޮޓަމަންޑުގެ މައްޗަށް ހޯމް ޓީމުން ކުރި ހޯދީ 0-2ގެ ނަތީޖާއަކުންނެވެ. އަދި ރޭގެ މެޗުން ލިބުނު މޮޅާ އެކު ޕީއެސްޖީ ހަތަރު އަހަރުތެރޭ ފުރަތަމަ ފަހަރަށް ކުއާރޓާ ފައިނަލަށް ދަތުރު ކުރީ 2-3ގެ އެގްރިގޭޓް ނަތީކާއަކުންނެވެ.

ރޭގެ މެޗަށް ޕީއެސްޖީން ނުކުތީ ބަލިވުމުގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު އެއް ފޯވާޑް ކިލިއަން އެމްބާއްޕޭ ފުރަތަމަ އެގާރައިފައި ނުހިމަނަ އެވެ. އެކަމަކު އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާއާއި ނޭމާ ޖޫނިއާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.

ޑޮޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީ ބަލިވީ 1-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޑޮޓްމަންޑުން ޖެހި ދެ ގޯލު ވެސް ޖަހައިދިނީ އެ ޓީމަށް ދާދި ފަހުން ގުޅުނު 19 އަހަރުގެ ހާލަންޑެވެ. އެ މެޗުގައި އަވޭ ގޯލު ޖަހައިދިން ނޭމާ ވަނީ ރޭގެ މެޗުގައި ވެސް ގޯލެއް ޖަހައިފަ އެވެ. އެކަމަކު ނޭމާ ގޯލު ޖެހުމަށްފަހު ވަނީ ހާލަންޑަށް ޖޯކު ޖަހައި ސެލަބްރޭޓްކޮށްފަ އެވެ. ޕީއެސްޖީން އެ މެޗުގައި ޖެހި ދެވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ޖުއަން ބާނެޓް އެވެ.

ރޭގެ މެޗު ނިންމުމަށް ފަހު ޕީއެސްޖީން ކުއާރޓާއަށް ދިއުމުގެ އުފަލުގައި ވަރަށް ބޮޑަށް އުފާފާޅު ކުރި އިރު އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ އިދިކޮޅު ޓީމުގެ ހާލަންޑަށް ޖޯކު ޖަހައި އޭނަގެ ގޯލް ސެލަބްރޭޝަން ކޮޕީކޮށްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ޕީއެސްޖީއަށް ފާޑުކިޔަމުން އަންނަ އިރު ޕީއެސްޖީގެ އިތުރުން ކުއާރޓާގެ ޖާގަތައް މިވަގުތު ޔަގީންކުރީ އެޓްލަންޓާއާއި އާރްބީ ލިޕްޒިގްގެ އިތުރުން އެތުލެޓިކޯ މެޑްރިޑް އެވެ.

comment ކޮމެންޓް