މާވަރުލު އެއާޕޯޓް އަންނަ މަހު ހުޅުވޭތޯ ބަލަނީ

ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ސިވިލް އޭވިއޭޝަންގެ އޮފިޝަލުންނާއެކު މާވަރުލު އެއާޕޯޓްގައި--- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ގދ. މާވަރުލުގައި ތަރައްގީކުރަމުންދާ އެއާޕޯޓް އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ އެއާޕޯޓަށް ވަރަށް އަވަހަށް ޓެސްޓް ފްލައިޓްތައް ބާއްވާނެ ކަމަށެވެ.

"ޓެސްޓް ފްލައިޓްތަކަށްފަހު މިބަލަނީ އަންނަ މަހު އެއާޕޯޓް ހުޅުވޭތޯ. މިހާރު މިދަނީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ވެސް ނެގުމުގެ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ އެއާޕޯޓްގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

މާވާރުލު އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ އިތުރުން ޓެކްސީވޭ ގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 2018 ވަނަ އަހަރު މާޗް މަހު އެވެ.

ފަސް މަސްދުވަހުން ނިންމަން ހަވާލުކުރި އެއާޕޯޓް އެކި ސަބަބުތަކާހުރެ ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 57 މިލިއަން ރުފިޔާއަށެވެ.

ރާއްޖޭގައި މިހާރުވެސް 12 އެއާޕޯޓް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް