ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދ. މީދޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދ. މީދޫގައި ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އުމުރުން 83 އަހަރުގެ އެ މީހާގެ އާއިލާއިން އޭނާ ގެއްލިގެން ހޯދަން ފެށީ މިއަދު މެންދުރު ނަމާދަށް ފަހު އެނބުރި ނައިސް ލަސްވުމުންނެވެ.

އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މޫދުގައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މީދޫ ސިއްހީ މަރުކަޒުގައި ހުންނަ ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ އޭނާ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 1:30ގައި ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ އެންމެހާކަންކަން ބަލަމުންދާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު