ތިމަރަފުށީ ކޯޓުގެ އަމުރަކަށް މާމައާ ހަވާލު ކުރި ކުއްޖާ ދައުލަތަށް ނަގަން ފެމެލީ ކޯޓަށް ހުށަހަޅައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތ. ތިމަރަފުށީ ކޯޓުގެ އަމުރަކަށް ފުލުހުން މާމައާ ހަވާލުކުރި އުމުރުން ހަ އަހަރުގެ ކުއްޖާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ އުމުރުން ހަ އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެ ތިބި ފަރާތްތަކުން އިހްމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ދައުލަތުގެ ފަރާތުން ފެމެލީ ކޯޓަށް މިއަދު ހުށަހަޅައިފައިވާ ކަމަށެވެ.

"މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް،" އެދިފައިވާ ކަމަށް ބަންޑާރަނައިބު އޮފީހުގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ޓްވީޓްގައި އިތުރަށް ބުނީ، މި މައްސަލައިގެ އަޑުއެހުމެއް ފެމެލީ ކޯޓުގައި މިރޭ ވަނީ ތާވަލު ކުރެވިފައި ކަމަށެވެ.

އެ ކުއްޖާ މާމައާ ހަވާލުކުރަން އުޅުމުން މ. މުލަކު ރައްޔިތުން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.

comment ކޮމެންޓް