ކޮރޯނާ ވައިރަސްއާއި ހިމަބިހި ފެތުރޭތީ ގުނޫތު ކިޔަން ފަށަނީ

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޮވެލް ކޮރޯނާ ވައިރަސް އާއި ހިމަބިހި ފަދަ ބަލިތަކުން ސަލާމަތްކޮށްދިނުން އެދި ގުނޫތު ކިޔަވަން ފަށަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސް އާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުން އެދި، މިރޭ މަގުރިބް ނަމާދުން ފެށިގެން ގުނޫތު ނާޒިލާ ކިޔަވަން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭން ވެސް ހިމަބިއްސަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 28ގެ ނިޔަލަށް މި ބައްޔަށް ރާއްޖޭން 8 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

ކޮރޯނާ ވައިރަސް ވެސް ހަލުވި މިނެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރަމުންދާއިރު، ދުނިޔޭގެ އެކި ގައުމުތަކުން 6،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފަ އެވެ. ނަމަވެސް ރާއްޖޭން އަދި މިހާތަނަށް މި ބަލި ޖެހިފައިވާ މީހެއް ފެނިފައިނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް