އެލިއާގެ "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފަށައިފި

ސަން ފޮޓޯ

އެލިއާ އިންވެސްޓްމަންޓްސް އިން އާ އަހަރާ ދިމާކޮށް، "ޔަމަހާ މޮޓޯ ގާޑިއަން"ގެ ނަމުގައި އަމާނާ ތަކާފުލްގެ އިންޝުއަރެންސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ އަހަރުގެ އެކި ހިސާބުތަކަށް ބަހާލެވިގެން، ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަން، ''ޔަމަހާ ސިޓީ"ގެ ފުރަތަމަ ޕްރޮމޯޝަނެވެ.

"ޔަމަހާ މޮޓޯ ގާޑިއަން"ގެ ދަށުން، ސައިކަލު ނަގާއިރު ސައިކަލު ލިބޭނީ ކަސްޓަމަރުންގެ އަތުން އެއްވެސް ހަރަދަކާ ނުލާ ފުލް އިޝުއަރެންސް ކުރެވިގެން ކަމަށް އެލިއާއިން ބުންޏެވެ.

އެލިއާ އަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާމީ ޝަރީއާ ހުއްދަކުރާ އުސޫލުން އިންސްޓޯލްމަންޓަށް ސައިކަލު ވިއްކަން ފެށި ކުންފުންޏެވެ. އެލިއާއިން ވަނީ އިންސްޓޯލަމަންޓަށް ސައިކަލު ދޫކުރުމުގައި ރިބާގެ އެއްވެސް މުއާމަލާތެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދީފައެވެ.

އަމާނާ ތަކާފުލްގެ "ކޮމްޕްރިހެންސިވް އިންޝުއަރެންސް" ޕެކޭޖުން ސައިކަލާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވާ ވަރަށް ގިނަ ކަންތައް ތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެގޮތުން ކަސްޓަމަރުންގެ ސައިކަލު ގެއްލުމުންނާއި އެކްސިޑެންޓްތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި އަދި ކަސްޓަމަރުން އެހީއަކަށް ބޭނުންވާ ހިނދު ކަސްޓަމަރަށް ލިބިފައިވާ އިތުބާރުހުރި ބަލަދުވެރިއަކަށް ވެގެންދާނެ ކަމަށް އެލިއާއިން ބުންޏެވެ.

މި ޕްރޮމީޝަންގައި، އެލިއާގެ މިހާރުގެ ކަސްޓަމަރުންނާއި، އަލަށް ސައިކަލް ނަގާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. އަދި އިންޝުއަރެންސް ޕްލޭން ބަދަލުކުރަން ބޭނުންނަމަ، އެ ފުރުސަތު ވެސް އެބަ އޮތް ކަމަށާއި އެ ކުންފުނީގެ ކަސްޓަމަރެއްގެ ގޮތުގައި ތިން އަހަރު ނުވާ ކަސްޓަމަރުންނަށް އެއްވެސް އިންސްޕެކްޝަނަކާ ނުލައި ޑިސްކައުންޓަކާ އެކު އިންޝުއަރެންސް ޕްލޭން ބަދަލު ކޮށްލެވޭނެ ކަމަށް އެލިއާއިން ބުންޏެވެ.

އެލިއާއިން ބުނީ މިއީ އިތުބާރު ހުރި އަދި ދިވެހިންނާއި ގުޅޭ ގޮތަށް ބައްޓަން ކުރެވިފައިވާ ފުލް އިންޝުއަރެންސް ކަވަރޭޖެއް ލިބިގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

އެލިއާ އިން އިންސްޓޯލްމެންޓަށް ސައިކަލު ދޫކުރާނީ ފުރަތަމަ ޕޭމަންޓް ދެއްކުމުންނެވެ. އެއާއެކު ކަސްޓަމަރަށް ސައިކަލު ލިބޭނީ ކަސްޓަމަރުގެ އަމިއްލަ ނަމަށް ރަޖިސްޓްރީ ކުރެވި، "ޕީ" ބޯޑާވެސް އެކުއެވެ.

މި ޕްރޮމޯޝަން ފެށުމުގެ ގޮތުން އެލިއާއިން އަންނަނީ މިއަދު ހަވީރު 16:00 އިން ފެށިގެން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. މިރޭ 22:00 އާ ހަމައަށް މި ހަރަކާތް ކުރިއަށް ދާނެއެވެ.

މި ހަރަކާތުގެ ތެރެއިން ސައިކަލު ނަގަން ބޭނުންނަމަ ތިން މީހުންގެ އައިޑީކާޑާއެކު އެތަނަށް ދިއުމުން ރެޖިސްޓްރޭޝަންގެ ކަންކަން އެތަނުން އެތަނަށް ނިންމައިދޭނެ ކަމަށް އެލިއާއިން ބުންޏެވެ.

comment ކޮމެންޓް