ކުރީގެ ބަތަލާ ޝަބާނާ އެކްސިޑެންޓް ވެއްޖެ

އެކްސިޑެންޓް ވުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދަނީ--

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީ އެކްސިޑެންޓްވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޝަބާނާ އެކްސިޑެންޓްވީ ފިރިމީހާ ޖާވިދް އަހުތަރު ކާރުގައި ދަތުރުކުރަނިކޮށް ޓްރަކެއްގައި ޖެހި ކަމަށެވެ. އެ އެކްސިޑެންޓްގައި ޝަބާނާ އަށް އަނިޔާވި އިރު ވަގުތުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ. އެކްސިޑެންޓްވި ކާރުގައި ޖާވިދު އިން ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

ޝަބާނާގެ ހާލު މިހާރު މަޑު މަޑުން ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ހަބަރުތައް ބުނެ އެވެ. އޭނާ އެކްސިޑެންޓްވުމާ އެކު ގިނަ އަދަދެއްގެ ބޮލީވުޑްގެ ތަރިންވަނީ ޝަބާނާ އަށް ޒިޔާރާތްކޮށްފަ އެވެ.

އޭނާ ކުޅެފައިވާ ބައެއް ހިޓް ފިލްމުތަކުގެ ތެރޭގައި ނީރްޖާ، ފަކީރާ އަދި ނިޝާންތް ހިމެނެ އެވެ.

comment ކޮމެންޓް