ކަފިހިހުރަސް މަތިން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެހުމުން ފިލައިފި

ކަފިހިހުރަހެއްގެ މަތިން މީހަކު މަގު ހުރަސް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރުގާން މިސްކިތް ކައިރިން ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލު ޖެހި އެކްސިޑެންޓުވުމުން، ސައިކަލު ދުއްވަންއިން މީހާ އެ ސަރަހައްދުން ފިލައިފި އެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ ހާދިސާ ހިނގީ މިރޭ އީޝާ ނަމާދަށް ފަހު ކަމަށެވެ. އަނިޔާވި އުމުރުން ދުވަސްވީ މީހާ ދިޔައީ މަގު ހުރަސްކޮށްފައި މިސްކިތަށް އަރަން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

މަންޒަަރު ދުށް މީހާ ބުނި ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ މޫނުމަތި ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭ ފޭބިއެވެ.

"އަނގަމައްޗާއި މޫނުމައްޗާއި ތަންތަން ފަޅައިގެން ގޮސް މުޅި ގައިގައި ލޭ އޮތީ. އާންމު ރައްޔިތުންނާއި ފުލުހުންން ނަގައިގެން ޓެކްސީއަކަށް އަރުވައިގެން ގެންދިޔައީ ހޮސްޕިޓަލަށް،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

comment ކޮމެންޓް