ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް)ގެ ބްރާންޗުތަކުން މިއަަހަރު ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ ޑިސެމްބަރު 30 ވާ ހޯމަ ދުވަސް ކަމަށް އެ ބޭންކުން ބުނެފި އެވެ.
ކޮންމެ އަހަރަކު ވެސް ބޭންކުތަކުގެ އޮޑިޓް މަސައްކަތް ކުރުމަށް އަހަރު ނިމުމާދިމާކޮށް ބެންކުތަކުގެ ހިދުމަތް މެދުކަނޑާލަ އެވެ.
ބީއެމްއެލް އިން ބުނީ މިމަހުގެ 31 އިން ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ބްރާންޗުތައް ބަންދު ވާނެ ކަމަށެވެ. ބްރާންޗުތަކުން ދޭ ހިދުމަތްތައް ދެން ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ބީއެލްއެލް އިން ބުންޏެވެ.
ބްރާންޗުތަކުން ހިދުމަތް ނުދިން ނަމަވެސް، ސެލްފް ސާވިސް އޭޓީއެމްތަކުން ހިދުމަތް ލިބިގަނެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރަށް ގުޅައިގެންނާއި ފޭސްބްކްް އަދި ޓްވިޓާ މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭންކާ ގުޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބެސް ބުނެފައި ވަނީ އެ އޮތޯރިޓީ އިން މި އަހަރު ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ 30 ޑިސެމްބަރު ވާ ހޯމަ ދުވަސް ކަމަށެވެ.